ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ ޝާޒޭދަފޭ އެންޑްރޫ މެން އަދި އެމްބަސީގެ ޑެޕިއުޓީ ޕޮލިޓިކަލް ޗީފް ސިއޮބަން އޯޓް ޖަޖްއާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީ އޮފީހުގައި މިއަދު ހަވީރު އޮތް، އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމްގެ އިތުރުން ނައިބު ލީޑަރު އަމީން އިބްރާހިމާއި ޖޭޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒް އާއި ޕާޓީގެ ނާއިބު ލީޑަރުން ކަމަށްވާ ަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ޑރ. ހުސެއިން ރަޝީދު އަހުމަދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމެރިކާ ސަރުކާރުގެ އިސްފަރާތްތަކާ ގާސިމް ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ