ބައިނަލް އަޣްވާމީ ޖިނާއީ ކޯޓް (އައިސީސީ)އަށް ރައީސް ވަހީދުގެ ލާއިންސާނީ މައްސަލަތައް ލުމަށް ބަޔަކު މަސައްކަތް ކުރުމުން ސަރުކާރާއި ގުޅިފައިވާ މެމްބަރުންތައް އެމުއާހަދާއިން ރާއްޖެ ވަކިވުމަށް މަޝްވަރާކުރަމުންދާ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ އަބުދުﷲ އަބުދުއް ރަހީމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)" ގައި ބައިވެރިވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަބުދުﷲ އަބުދުއް ރަހީމް ވިދާޅުވީ މަޖިލީހުން ބައިވެރިވާ ތަންތަނުން އަލުން ވަކިވުމަށް ބައެއް މެމްބަރުން ވާހަކަދައްކަވަމުންދާއިރު، އެއީ ރަނގަޅު ކަމެއް ނޫން ކަމަށާއި ކަމެއްގައި ގޮތެއް ނިންމަން ވާނީ ވަކި ކަމަކަށް ޓާގެޓް ކުރެވިގެން ނޫން ކަމަށެވެ.
" އެބަ ފާހަގަ ކުރެވޭ ހަމަ އެމްޑީޕީގެ މެމްބަރެއް ކަމުގައިވާ މާފަންނު ދެކުނުދާއިރާގެ މެމްބަރު އެޕާޓީގެ ޕާލިމެންޓަރީ ގުރޫޕަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މިހާރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެބަ ވާހަކަދެކެވެމުންދޭ އިންޓަރ ނޭޝަނަލް ކްރިމިނަލް ކޯޓުން ބޭރުވުމާއި ބެހޭ ގޮތުން. މިއީ އަނެއްކާވެސް މައްސަލައެއް. މިދިޔަ އަހަރު އަޅުގަނޑުމެން އެކޯޓުގައި ބައިވެރިވީ" އަބުދުﷲ އަބުދުއް ރަހީމް ވިދާޅުވި އެވެ. " އެކަމަކު މިހާރު ވަކި މައްސަލައެއް އެތަނަށް ދާން އުޅެތީވެ އެކޯޓުން ވަކިވާންވެގެން އަޅުގަނޑުމެންގެ ތެރޭގައި ބައެއް މެމްބަރުން އެބަ ވާހަކަދައްކަވަމުންދޭ. އެހެންވީމާ، އިއްޒަތްތެރި ރައީސް އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް އެއްސްޓޭންޑެއް ނެގުމަށްފަހު އެ ސްޓޭންޑްގައި ވަރަށް ސާބިތު ކަމާއެކު ތިބެން"
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕަށް މާފަންނު ދެކުނުދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑޭ ހުށާހަޅާފައި ވަނީ ރައީސް ވަހީދު ސިފައިންނާއި ފުލުހުންގެ އިސްވެރިއަކަށް ހުންނަވައިގެން އިންސާނިއްޔަތާއި ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަތައް ރާއްޖޭގައި ބެލެމުން ނުދާތީ ބައިނަލް އަޣްވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އެ މައްސަލަ މިހާރު ދަނީ އެމްޑީޕީގެ ދިރާސާ ކުރާ ކޮމެޓީން ބަލަމުންނެވެ.
ކޮމަންވެލްތުން ރާއްޖެއާމެދު ފިޔަވަޅު އަޅާނެ ކަމަށް އިއުލާން ކުރުމާއި ގުޅިގެން ސަރުކާރަށް ތާއިދު ކުރާ މަޖިލީހުގެ ދެ މެމްބަރަކު ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް މަޖިލީހަށްވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެކަމާމެދު އަދި ގޮތެއް ނިންމިފައެއް ނުވެއެވެ.
ބައިނަލް އަޣްވާމީ ޖިނާއީ ކޯޓުން ވަކިވުމާމެދު ސަރުކާރާއި ގުޅުންހުރި މެމްބަރުން މަޝްވަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ