ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމާއި މެދު ރައީސް މައުމޫނު އަބުދުލް ގައްޔޫމު ނިންމަވާ ގޮތެއް މިއަދު އިއުލާނު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެހެން އެމަނިކުފާނު ވިދާޅުވެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ. My decision will be announced today insha Allah. -M— Maumoon Abdul Gayoom (@maumoonagayoom) February 25, 2013
ޕްރައިމަރީގައި ވާދަ ކުރެއްވުމައި މެދު ނިންމަވާ ގޮތެއް މިއަދު އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އިރު އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް ވާދަ ކުރުމަށް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އަބުދުﷲ ޔާމީނާއި އުމަރު ނަސީރުވަނީ ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.
ރައީސް މައުމޫނު މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު ހުންނެވީ ވާދަ ކުރުމާއި މެދު ވަކި ގޮތެއް ނިންމަވައިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ވަގުތު އަދި ނުޖެހޭތީ އެކަން ސިއްރު ކުރައްވައިގެން ހުންނެވީ ކަމަށް ވެސް މައުމޫނު ވިދާޅުވެފައިވެއެވެ.
ޕްރައިމަރީގައި ވާދަ ކުރެއްވުމާއި މެދު ރައީސް މައުމޫނު ނިންމެވި ގޮތް މިހާރުވަނީ އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނާއި އެކު ވެސް ހިއްސާ ކުރައްވާފައެވެ. ޕީޕީއެމް ޕްރައިމަރީގައި ވާދަ ކުރުމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ.
އަޅުގަނޑުގެ ނިންމުން މިއަދު އިއުލާނު ކުރާނަން: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ