ރަނގަޅު މައުލޫމާތު ނުދޭތީ، ބިރުދައްކައިގެން ފައިސާ ފޭރޭ މައްސަލަތައް ބަލަން އުދަނގޫ: ފުލުހުން

ބިރުދައްކައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރު ވަނީ އެފަދަ މައްސަލަތައް ހުށަހެޅުމަށްފަހު ރަނގަޅު މައުލޫމާތު ނުދޭތީ ކަމަށް ފުލުހުން ބުނެފި އެވެ.
ބިރުދައްކައިގެން ފައިސާ ހޯދުމާއި ރަހީނުކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެކަމަށް ހޭލުންތެރިކުރުވަން ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެފަދަ މައްސަލަތައް އިތުރުވަނީ ފުލުހުންނަށް ހުށަހެޅުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅޭތީ ކަމަށެވެ.
“ތަހުގީގުގައި ދިމާވާ ބައެއް ދަތިތައް އެއީ އަޅުގަނޑުމެނަށް ހުށަހެޅޭއިރުގައިވެސް އޭގެ އަސްލު ހަގީގަތުގައި ކަން ހިނގާފައި ވަނީ ކިހިނެތްކަން އަޅުގަނޑުމެނަކަށް ރިޕޯޓެއް ނުއެއް ކުރެވޭ. އެހެންވީމަޔާ އެކީގައި ތަހުގީގުގައި ހުރަސްތަކެއް ދިމާވޭ އެކަންކުރި ފަރާތްތައް ހޯދަންވެސް އަދި އެ އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވެސް” ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ކަމުގެ އަސްލު ހަގީގަތާ އެކީގަައި ރިޕޯޓު ނުކުރުމުގެ ސަބަބުން ތަހުގީގު ކުރަންދަތިވާ ކަމަށެވެ. އަދި ބައެއް ފަހަރު އެކަމުގެ މައުލުމާތު ދިނުމަށާއި ހުށަހަޅަން ފަސްޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ޝިފާއު އިތުރަށް ވިދާޅުވީ، ފުލުހުންނަށް މައްސަލަ ހުށަނާޅަނީ ނުވަތަ ހުށަހެޅުމަށް ޖެހުލުންވަނީ އެފަރާތްތަކުގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ ނުވަތަ ވީޑިއޯ ކުށްކުރާ ފަރާތްތަކުގައި ހުންނާތީ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ