ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ބޮޑުވެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން ފާޅުގައި ދެކޮޅަށް މަސައްކަތް ކުރައްވަން ފެޢްޓުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިސްރަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.
މައުމޫން މިސްރަށް ކުރައްވާ ދަތުރުފުޅުގެ މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ މައުމޫން މިސްރަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކޮށްލީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ތެރެއަށް އިންގިލާބެއް ގެނެސް ޕާޓީގެ ރައީސް ކަމުން މައުމޫން ދުރުކުރަން ބަޔަކު މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި އެ މީހުން މަސައްކަތް ކުރަމުންދަނީ މައުމޫންގެ ބާރު ޕީޕީއެމްގެ ތެރެއިން ކަނޑުވާލާ، އާންމު މެންބަރުންގެ ހައްގުތަކެއް ނިގުޅައިގެންނަން ކަމަށެވެ.
އަލީމް ވިދާޅުވީ އެ ބަޔަކު އެކަންކުރަނީ ވަރަށް ފާޅުކަން ބޮޑު ގޮތެެއްގައި ކަމަށްްވާތީ މެންަރުންގެ ހައްގުގައި މިސްރަށް ވަޑައި ނުގަތް މާލޭގައި ހުންނެވުމަށް ރައީސް މައުމޫން ނިންމެވީ ކަމަށެވެ.
އަލިމް މިހެން ވިދާޅުވި ނަމަވެސް ޕީޕީއެމްގ ެޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މައުމޫން ޕީޕީއެމްގެ ރައީސް ކަމުްނ ދުރު ކުރުވަން އެ ބޭފުޅުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ ކައުންސިލް އިންތިހާބު ކައިރިވާތީ ކައުންސިލް ބައްދަލުވުމެއް ބާއްވާ ކަންކަން ނިންމުމަށް ކަމަށެވެ.
ރައީސް ޔާމީނަށް ތައީދު ކުރައްވާ މެންބަރުންގެ ތެރެއިން ދެ މެންބަރަކު ޕާޓިގެ މަސައްކަތްތައް ޕާޓީގެ ރައިސް ހުއްޓުވާފައި އޮތް އޮތުންނިންމުމަކަށް ގެނައުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގަ ނެރެފައިވާ ވަގުތީ އަމުރު ތަންފީޒުކޮށް ދިނުމަށް އިއްޔެ ވަނީ އެދިފައި އެވެ.
މީގެ ކުރިން ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަސައްކަތް ހުއްޓާލާފައި އޮތް ޕާޓީގެ ގުނަވަންތަކުގެ މަސައްކަތް އަލުން ފެށުމަށެވެ.
ޕާޓީ ތެރޭގެ ހަމަނުޖެހުންތަކާއި ހެދި މައުމޫން ރާއްޖެއިން ބޭރަށް ކުރައްވަން އޮތް ދަތުރު ކެންސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ