ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު މާދަމާ ހުޅުވުމަށް ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން ދެންމެ ބުނީ އުމަރު ޒާހިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މި ދަފްތަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ދަފްތަރު ހުޅުވާފައި ހުންނާނީ ނެޝަނަލް އާޓް ގެލަރީ އެވެ.
ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު ހޯމަ އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ހޯމަ ދުވަހު ހަވީރު 3:00 އިން 5:00 އަށް އަންގާރަ ދުވަހު 09:00 އިން 12:00 އަށް އަދި 1:00 އަށް 5:00 އަށެވެ. ބުދަ ދުވަހު 09:00 އިން 12:00 އަށް އަދި 1:00 އަށް 5:00 އަށް ހުޅުވާފައި ހުންނާނެ އެވެ.
އުމަރު ޒާހިރު އެންމެ ފަހުން ހިންގެވީ ހޯމް މިނިސްޓްރީ އެވެ. އެއީ ސެޕްޓެންބަރު 1، 2004 އިން ޖުލައި 14، 2005 އަށެވެ. އަދި ނޮވެންބަރު 11، 1983 އިން 11 ނޮވެންބަރު 1988 އަސް މިނިސްޓަރު އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސާވިސްގެ މަގާމާއި ނޮވެންބަރު 11، 1993 އިން 1993 އަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމުވެސް ފުރުއްވިއެވެ.
އެމަނިކުފާނުގެ މިނިސްޓަރުގައި 2004 ވަނަ އަހަރު ދިވެހި ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖެއްސުމާއި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދެއްވުން ފާހަގަކޮށްލެވެއެވެ.
އުމަރު ޒާހިރުގެ ތައުޒިޔާގެ ދަފްތަރު މާދަމާ ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ