ރަށުގެ ތަރައްގީގައި ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު: ފަޒްނާ އަހުމަދު

ރަށުގެ ތަރައްގީގައި ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ ހަނިމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ފަޒްނާ ވަނީ ރަށުގެ ތަރައްގީގައި ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށާއި، އެންމެންގެ ޚިޔާލު ހިމެނޭނެހެން އެމީހުން ބޭނުންވާ ކަންކަން ރަށުގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.
އަދި އެފަދަ ކަންކަން ކުރިއަށްގެންދެވެން ހުރި މަގުތައް ދެނެގަނެ އެކަންކަމަށް މަގުފަހިކުރުމަށް މަސައްކަތް ކުރުމަށްވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.
މީގެ އިތުރުންވެސް އެކޮމިޓީގެ މެންބަރުން އެދިވަޑައިގެންނެވި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރެވިދާާނެ މުހިންމު ކަންކަންކަމުގެ މަޢުލޫމާތު އެކަމަނާ ވަނީ އެކޮމިޓީގެ މެމްބަރުންނަށް ވިދާޅުވެދެއްވާފައެވެ.
ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޙިއްސާ ކުރައްވާފައެވެ.
އެގޮތުން، ހަނިމާދޫ އަންހެން ބޭފުޅުން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ މަގެއް ފަހިކޮށްދިނުމަށާއި، ކަސްރަތުކުރާ އަންހެން އިންސްޓްރަކްޓަރެއް ބޭނުންވެފައިވާ ކަމަށާއި، އަދި ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހި ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ