އޮފީސްތަކުގެ މުވައްޒަފުން ނުކުމެ ގޮނޑުދޮށް ސާފުކޮށްފި

އޭދަފުށީ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގައި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވަނީ. ބ. އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން
މަދިރި މަދުކުރުމަށް ހިންގާ ކެމްޕޭނުގެ ތެރެއިން އޮފީސްތަކުގެ މުވައްޒަފުން
ނުކުމެ، އޭދަފުށީ ގޮނޑުދޮށް މިއަދު ސާފުކޮށްފިއެވެ.
ހަވީރު 4:30 ން ފެށިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި އަމިއްލަ ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއިރު، އާއްމުންގެ ތެރެއިން ބައިވެރިވީ އެންމެ ދެ ތިން އަންހެނުންނެވެ.
ގޮނޑުދޮށުން ނެގި ބައެއް ކުނިތައް ޕިކަޕެއްގައި ކުނިކޮށްޓަށް ގެންދަނީމަދިރި މަދުކުރުމަށް ހިންގި ސާފުކުރުމުގެ މި ހަރަކާތުގައި ބޮޑު ދެ ޕިކަޕްގެ ކުނި ރަށް ވަށައިގެން ބީޗް ސަރަހައްދުން ނެގި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ދަޅާއި ފުޅީގެ އިތުރުން ބިއްލޫރި އަދި ދަނގަޑުގެ ބާވަތްތައްވެސް ހިމެނެ އެވެ.
އަތޮޅު ހޮސްޕިޓަލުން
ބުނީ ވާރޭ ވެހި، އެކި ތަންތަނުގައި ހަރުލާފައި ހުންނަ ފެނުގައި ގިނައިން މަދިރި
އާލާވާނެ ކަމަށާއި އެހެންވެ، މިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ
ކަމަށެވެ.
އޭދަފުށި ސާފުކުރުމަށް މިއަދު ހިންގި ހަރަކާތުގެ ތެރެއިންރާއްޖޭގެ އެކި
ހިސާބުތަކުގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރު ވާތީ، ޑެންގީއާ މެދު
ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވެސް ވަނީ އިލްތިމާސް
ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ