ސިފައިން ހައްޔަރުކޮށްގެން ކ. ގިރިފުށީގައި ގެންގުޅެމުންދާ ކްރިމިނަލް
ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައި ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން
މިއަދު ކުރި އަމުރަށް ވެސް އޭނާ ހާޒިރު ނުކުރުމުން ޝަރީތް ކެންސަލްކޮށްފި އެވެ. އަބްދުﷲ ގާޒީ ހާޒިރުކުރުމަށް އަމުރުކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން
(ޖޭއެސްސީ) އިން ހުށަހަޅާފައިވާ މައްސަލަ ހިންގުމަށެވެ. އެއީ ގާޒީގެ ސުލޫކީ
މައްސަލައެއް އޮތްކަން ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، އެ
ނިންމުމުގެ މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން
ބަލަމުންދާ މައްސަލަ އެވެ. ނަމަވެސް މިއަދު ޝަރީއަތް ކެންސަލްކުރީ އަބްދުﷲ ގާޒީ ހާޒިރު ނުކުރި އިރު އޭނާގެ ފަރާތުން ވަކީލަކު ވެސް ހާޒިކޮށްފައި ނެތުމުން ކަމަށެވެ. ހައި ކޯޓުން މިގޮތަށް ނިންމި އިރު އެމްޑީޕގެ ނާއިބު ރައީސް އަލްހާން ފަހުމީ އިސްކޮށް ހުންނަވައިގެން ސުޕްރީމް ކޯޓު ދޮށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. ކޯޓު ކުރިމަތީ ކުރި މުޒާހަރާގައި އަލްހާން ވަނީ ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ކޯޓު ކުރިމަތީ އިށީނދެގެން ތިބެ އަޑު އުފުލަމުން ދަނިކޮށް ފުލުހުން ގޮސް ދުރުކުރުމުން ވެސް ދުރުގައި ތިބެގެން ވަނީ އަޑު އުފުލައިފަ އެވެ.
އަބްދުﷲ ގާޒީ ހާޒިރު ނުކުރުމުން ޝަރީއަތް ކެންސަލްވި އިރު ސުޕްރީމް ކޯޓް ދޮށުގައި މުޒާހަރާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ