އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގައި ހުޅުޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

އުއްތަމަ ފަނޑިޔާރުގެ ގެކޮޅު، ގ. ގަސްކަރައިގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޖަލުން ދޫކޮށްލައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހަތް ބުރީގެ ގަސްކަރައިގައި ހުޅުޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލީ އޭނާގެ މައްޗަށް ކުށް ސާބިތުވާ އެއްވެސް ހެއްކެއް ނެތުމުން ކަމަށެވެ. އޭނާގެ ނަމެއް ފުލުހުން ހާމަނުކުރައްވަ އެވެ.
"އޭނާގެ ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު. އޭނާ ދޫކޮށްލީ އޭނާގެ މައްޗަށް ކުށް ސާބިތުވާ އެއްވެސް ހެއްކެއް އަދި ނެތުމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ. "އޭނާ ހައްޔަރުކުރީ ކަސްކަރަ ހުންނަ މަގުގައި ކުނި ކަހަން އޮތް އަންހެން މީހާ ދިން މައުލޫމާތުގެ މައްޗަށް ބަލައި، ވީޑިއޯތައް ބެލުމަށް ފަހު. އޭނާ އަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް."
އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގައި ރޯކޮށްލި މައްސަލައިގައި ދެ މީހަކު ފުލުހުން ގެންދިޔަ ކަމަށާއި ނަމަވެސް ހައްޔަރުކުރީ އެކަކު ކަމަށް ފުލުހުން ވިދާޅުވި އެވެ. އޭނާ ހައްޔަރުކުރީ ގަސްކަރައިގައި ހުޅުޖެހި ދުވަހު، އޮކްޓޯބަރު މަހުގެ 16އިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ