ޕާކިސްތާނުގެ ރައްޔިތުން ފަދައިން ދިވެހިންވެސް މަސައްކަތްކުރަނީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވާން: ޖަމީލް

ޕާކިސްތާނުގެ ރައްޔިތުން އާންމު އިންތިޚާބުގައި ވޯޓްދީފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށްކަމަށާ ދިވެހި ރައްޔިތުންވެސް މިއަދު މަސައްކަތް ކުރަމުންދަނީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށްކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ އާންމު އިންތިޚާބު އިމްރާން ޚާންގެ ތަޙުރީކޭ އިންޞާފު ޕާޓީން ކާމިޔާބުކުރުމާއި ގުޅިގެން އިމްރާން ޚާނަށް މަރުހަބާ ދަންނަވާ އުރުދޫ ބަހުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ޑރ ޖަމީލް ވަނީ ޕާކިސްތާނުގައި ނިމިގެންދިޔަ އާންމު އިންތިޚާބު ކާމިޔާބު ކުރުމާއި ގުޅިގެން އިމްރާން ޙާނަށް ހިތުގެ އަޑިން ތަހުނިޔާ ދަންނަވާކަމަށް ވިދާޅުވެފައެވެ.
އަދި މި އިންތިޚާބު ކާމިޔާބުވުމުގެ އަސްލަކީ ކޮރަޕްޝަނާއި ދެކޮޅަށް އިމްރާން ޚާން ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ދިވެހި ރާއްޖޭގައި ދިވެހިންވެސް މިއަދު މަސައްކަތް ކުރަމުންދަނީ ކޮރަޕްޝަންގެ ބަވާއިން ދިވެހި ގައުމު ސަލާމަތްކުރުމަށްކަމަށެވެ.
މީގެ އިތުރަށް ޕާކިސްތާނުގައި ނިމިގެންދިޔަ އިންތިޚާބުގައި އިމްރާންގެ ތަޙުރީކޭ އިންޞާފު ޕާޓީން ހޯދާފައިވަނީ ތާރީޚީ ބޮޑު ކާމިޔާބެއްކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ