ގދ ތިނަދޫގައި އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން ހައްޔަރުކޮށްފައި ހުއްޓާ އެ ރަށުު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މުހައްމަދު ރުސްތަމް މުޖުތަބާ އަނެއްކާވެސް ފުލުހުން ހައްޔަރުކޮށްފި އެވެ.
މިފަހަރު އޭނާ ހައްޔަރު ކުރީ މާލެއިންނެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެކަމަކު ހައްޔަރު ކުރީ ރުސްތުމް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު ބުނެފައިވަނީ މިއަދު ހައްޔަރު ކުރީ ތިނަދޫގައި ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައިވެސް މިދިޔަ އަހަރު ހައްޔަރު ކުރި މީހެއް ކަމަށެވެ.
ފުލުހުން37 އަހަރުގެ ރުސްތުމް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި މިވަނީ ބަންދުން ދޫކޮށްލުމުން އިސްލާމް ދީނާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާ ތަފާތު އެއްޗެހި ޕޯސްޓު ކުރަމުންދަނިކޮށެވެ. އެގެ ތެރެއިން އެއް ޕޯސްޓެއްގައި ވަނީ އޭނާ ކޯޓަށް ދިން ބަޔާން ކަމަށް ބުނެ އިސްލާމް ދީނާއި ދީނުގެ ރުކުންތައް ގަބޫލުާ ނުކުރާ ކަމަށް ބުނެފައިވާ ލިޔުމެއްވެސް އާންމުކޮށްފައި އެވެ.
ފުލުހުން އިއްޔެ ބުނީ މިދިޔަ އަހަރު ސެޕްޓެމްބަރު10 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް އޮކްޓޯބަރު މަހު ދީނަށް ފުރައްސާރަ ކުރި މައްސަލައިގަ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. އަދި ހަމަ އެ ދުވަހު އޭނާ ފުލުހުންގެ ބަންދުން ކަރެކްޝަންސްގެ ބަންދަށް ބަދަލު ކުރި ކަމަށާއި ކޯޓުން އޭނާ ދޫކޮށްލަން އަމުރު ކުރުމާއި ހިސާބަށް ހުރީ ކަރެކްޝަންސްގެ ބަންދުގައި ކަމަށެވެ.
އޭނާ ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އަޑުގަދަ ކުރަމުން ތިނަދޫ މަގުތަކުގައި ހިނގާފައި އެވެ.
ކޯޓުން ދޫކޮށްލި ދީނަށް ފުރައްސާރަ ކުރާ ރުސްތުމް މާލެއިން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ