ޕާކިސްތާނުގެ ގޮރުނުދޯރުގެ ގޭގައި ރަން ފާހާނާއެއް ! ރައްޔިތުން ރަތަށް !

ޕާކިސްތާނުގެ ޕަންޖާބުގެ އަވަށެއް ކަމުގައިވާ މުއްރީގައި ހުންނަ “ގަވަރުނަރު ހައުސް” ގައި ރަން ފާހާނާއެއް ހުރުމުން އެ ގައުމުގެ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ވެކޭޝަން ހައުސްއެއްގެ ގޮތުގައި ހުންނަ ގަވަރުނަރު ހައުސްގައި ރަން ފާހާނާއެއް ހުންނަ ކަމާއި ޕާކިސްތާނުގެ ރުޕީސްގެ 600 މިލިޔަން ހަރަދުކޮށްގެ އެ އިމާރާތް އަލުން މަރާމާތުކޮށްފައިވާކަން ފެންމަތިވެފައިވަނީ އެގައުމުގެ ސެނެޓަރ ޝެރީ ރަހްމާން ކޮށްފައިވާ ޓްވީޓަކުންނެވެ.
The tasteless new golden toilet and rooms at Governor House Murree. The whole facelift cost Rs 60 crores. pic.twitter.com/5MF7nTxquA
— SenatorSherryRehman (@sherryrehman) October 29, 2017
ޝެރީގެ ޓްވީޓާއެކު މިކަން އާންމުންނަށް އެނގުމުން އެގައުމުގެ ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑު ކިޔަމުންނެވެ. އެގޮތުން ޕާކިސްތާނުގައި ވަންނާނެ ގެދޮރެއްނެތި 20 މިލިޔަން މީހުން މަގުމަތީގައި އުޅޭއިރު އެއީ ގައުމުގެ 10 އިންސައްތަ އާބާދީ ކަމުގައިވާއިރު މިވަރުގެ ބޮޑު ހަރަދެއް އެ އިމާރާތަށް ކުރުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ