އެންމެ ގިނައިން ވިކޭ ސްމާޓް ގަޑި އަކީ އެޕަލް ވޮޗް

ސްމާޓްވޮޗް މާކެޓްގައި އެޕަލްއާ ބައްދަލު އެހެން ބަޔަކު ނެތެވެ. ދުނިޔޭގައި ވިކޭ ކޮންމެ ސްމާޓް ދެ ގަޑިއަކުން، އެއް ގަޑި އަކީ އެޕަލް ސްމާޓް ގަޑިއެކެވެ. މިއީ މާކެޓްގައި އެޕަލް ގަޑިތައް ހޯދާފައި ވާ ކާމިޔާބެވެ.
ސްމާޓްފޯން މާކެޓްގައި ސެމްސަންގް އެޕަލް އަށް ވުރެ ކުރީގައި އޮތް ނަމަވެސް، ސާމާޓްވޮޗް މާކެޓްގައި އޮތީ ދެ ވަނަ އަށެވެ. ގާމިން އަށް ތިން ވަނަ އެވެ. މިއީ ސްމާޓްވޮޗް މާކެޓްގައި ވާދަވެރިންގެ ނިސްބަތެވެ.
އެޕަލް ސްމާޓް ގަޑިތަކަށް އަދި ޒަމާންތަކެއް ނުވެ އެވެ. ގަޑިތައް މާކެޓަށް ނެރުނީ އޭޕްރީލް 24، 2015 ގަ އެވެ. މަޝްހޫރުވެފައި ވަނީ މާކެޓުގައި ގިނަ ދުވަސްވެފައި ވުމަކުން ނޫނެވެ. އަދި ވީ ފަސް އަހަރެވެ. ސްމާޓްވޮޗް މާކެޓްގައި އެޕަލްގެ ނިސްބަތަކީ 55 ޕަސެންޓެވެ. ފާއިތުވި ކުރު މާޒީގައި މިއީ އެޕަލް ހޯދި ވަރަށް ބޮޑު ކުރިއެރުމެކެވެ.
ވާދަވެރި މާކެޓްގައި އެޕަލް ކާމިޔާބު ހޯދަނީ ނަމަކަށް އެއްޗެއް އުފައްދައިގެނެއް ނޫނެވެ. އައިފޯން އަދި އައިޕެޑަށް ބެލި ނަމަވެސް ފެންނަނީ މި ހަގީގަތެވެ. ސްމާޓްފޯން ވިޔަފާރީގައި ސެމްސަންގަށް ވުރެ އެޕަލް ދަށް ނަމަވެސް، އެޕަލްގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅެވެ. އަގު ބޮޑުވާން މެދުވެރި ވަނީ ވެސް މި ސަބަބެވެ.
ސްމާޓް ގަޑިއެއް އުފައްދައި، އެ އުފަލުގައި އެޕަލް އޮތީއެއް ނޫނެވެ. ގަޑިތައް ބޭނުންކުރާ މީހުން އެދޭ ހުރިހައި ފީޗާތަކަކަށް މަގުފަހިކޮށްދިނެވެ. ހާޑްވެއާ އަދި ސޮފްޓްވެއާ އެއީ އިތުބާރުކުރެވޭ ފެންވަރުގެ އުފެއްދުމަކަށް ހެދި އެވެ. އެވްރެޖް މީހަކަށް ހީކުރެވިފައި ނެތްގައި ގިނަ ފީޗާތަކެއް، އެޕަލް ގަޑި އަށް ތައާރުފުކުރި އެވެ. އަދި އެއިން ކޮންމެ ޓެކްނޮލޮޖީއެއް ވަކިވަކިން ބަލަހައްޓައި ދެމެހެއްޓިދާނެހައި ކަމެއް ކުރުމަށް އެޕަލް ވަރަށް ފަރުވާތެރި އެވެ. ހަގީގަތުގައި މީހުން ގަންނަނީ އުފެއްދުމަކަށް ވުރެ ބޮޑަށް ޚިދުމަތެވެ.
ސްމާޓްވޮޗް މާކެޓްގައި އެޕަލް ފަހަތައް ޖައްސައި ކުރި އަރައި ދިއުމަށް ކޮންމެ ބަޔަކަށް ވެސް ފުރުސަތު އެބަ އޮތެވެ. އެކަމަކު، އެކަން ވާން އޮތީ އެޕަލް އަށް ވުރެ ހުށިޔާރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ