އުމްރާއަށް ގޮސްހުރި ދިވެހި އަންހެނަކު ނިޔާވެއްޖެ!

އުމްރާއަށް ގޮސްހުރި ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
މިކަމާގުޅިގެން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ 
"މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 1445 ވަނަ އަހަރުގެ (އޭޕްރިލް/ މެއި 2024) އުމްރާގައި ބައިވެރި ވަޑައިގެންނެވި އަންހެން ބޭފުޅެއް ވަނީ މިއަދު 9 މެއި 2024 (1 ޛުލް ޤަޢްދާ 1445ހ) ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މައްކާގައި ކުއްލިގޮތަކަށް ވަނީ ނިޔާވެފައިކަމަށެވެ. إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ.
މަރްހޫމާގެ ޖަނާޒާގެ ކަންތައް ހަމަޖެެއްސުމަށްޓަކާ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް މިދަނީ ފޯރުކޮށްދެމުންނެވެ. އަދި މިކަމުގައި އަޅުގަނޑު މެންގެ ކުންފުނީގެ ހީވާގި މުވައްޒަފުން ނާއި ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން ތިބޭ ހޮޓަލުގެ މުވައްޡަފުންނާއި ސަޢުދީގައި ޤާއިމް ކުރެވިފައިވާ ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން މި ފުރްޞަތުގައި ފާހަގަ ކުރަމެވެ.
މިދަނޑިވަޅުގައި،  މަރޫހޫމާގެ ޢާއިލާއަށް ކުރިމަތިވި މި ހިތާމައިގައި މި ދަތުރުގައި ބައިވެރިވި ހުރިހާ ޢުމްރާވެރީންގެ ނަމުގައި އަދި މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުންގެ ގެ ނަމުގައި ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި  ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ. އަދި މައްޔިތާގެ ފާފަ ފުއްސަވައިދެއްވާ، ރަޙްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ