ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީ ބަލިވީ ސަރުކާރުން ދެއްކި ބިރާއި ފޯރުވި ނުފޫޒުގެ ސަބަބުން: ފައްޔާޒް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ބޮޑު ބައްޔަކުން ބަލިވި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ރައްޔިތުންނަށް ދެއްކި ބިރާއި ފޯރުވި ނުުފޫޒު ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ މަގުބޫލު ދުވަހު ނޫސް ކަމަށްވާ “އަދަދު” އިން ގެނެސްދޭ ސިލްސިލާ “އެތެރެފުުށް” ޕްރޮގްރާމްގައި ފައްޔާޒް ވިދާޅުވީ އާ ގާނޫނުއަަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން ބޭއްވި ތިން އިންތިހާބުގައި ވެސް ފެނިފައި އޮތީ ސަރުކާރު ކޮޅަށް ބުރަވާ ތަން ކަމަށެވެ.
އެެހެން ނަމަވެސް މިފަހަރުގެ އިންތިހާބުގައި މަޖިލީހުގެ އަގުލަބިއްޔަތު އިދިކޮޅަށް ލިބޭނެ ކަމަށް އެމްޑީޕީން އުއްމީދުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކެމްޕެއިނުގެ އެންމެ ފަހު ދެދުވަހަކާ ހަމައަށް ތިބީ އެ އުއްމީދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
“ކީއްވެގެންތޯ މި ނަތީޖާ އައީ؟ އޭގެ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. އެކަމަކު މީގެ އެންމެ މުހިއްމު މައްސަލަޔަކީ ސަރުކާރުގެ ނުފޫޒާ ސަރުކާރުން ރައްޔިތުންނަށް ދެއްކި ބިރު، އަޅުގަނޑު ދެކޭ ގޮތުގައި،” ފައްޔާޒް ވިދާޅުވި އެވެ.
އެގޮތަށް ގަބޫލުކުރެއްވި ސަބަބެއްގެ ގޮތުގައި ފައްޔާޒް ދެއްކެވީ ރަށްތަކުގައި ވަޒީފާގެ ބިރު ވަރަށް ބޮޑަށް އޮތް ވާހަކަ އެވެ. ސަރުކާރުން ފުރަތަމަ ބުނަމުން ދިޔައީ ސަރުކާރުގެ ކެންޑިޑޭޓް ހޮވިއްޖެއްޔާ ކޮށްދޭނެ ކަންތައްތަކެއްގެ ވާހަކަ ކަމަށް ވިޔަސް ފަހުން ދެމުުން ދިޔައީ ސަރުކާރު ކެންޑިޑޭޓު ނުހޮވިއްޖެއްޔާ ކަންވާނެ ގޮތުގެ އިންޒާރު ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. ސަރުކާރު ކެންޑިޑޭޓު ނުހޮވިއްޖެެއްޔާ ވަޒީފާ ގެއްލޭނެ ކަމުގެ އިންޒާރު ވެސް ދީފައި ހުރި ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ