އަންހެނުންގެ ދައުރު މަޖިލީހުގައި އިތުރުކުރަން ޤާނޫނު އިޞްލާހުކުރަންޖެހޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ޤާނޫނަށް އިޞްލާޙު ގެނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި އަންހެނުން ހިމެނޭނެގޮތާއި ގުޅޭގޮތުން ރައްޔިތުން ވިސްނާނެކަމަށް ޤަބޫލުކުރެއްވޭކަމަށެވެ.
އަދި މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.  
Advertisement
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގައި އަންހެނުންގެ ދައުރު ފުޅާކޮށް މަޖިލީހުގެ ތެރެއިން، އަންހެނުންނަށް ޚާއްސަ ފަހިކަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ޢަޒުމު ކަނޑައަޅަންވީ ކަމެއް ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އޭގެތެރެއިން އަންހެން މެންބަރުންގެ ޢަދަދަކީ 4އެވެ.
އެއީ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله އާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދާއި، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ