ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެއެވެ.
އާބަންކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން މިމައްސަލަ ހައްލުކުރުމަށް މެރިން ޕޮލިސްއިން މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ވަނީ ބުނެފައެވެ.
ހުޅުމާލޭ ފަޅަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު އަޅާފައި އޮންނަތަކެކެވެ. އެގޮތުން ގިނަ އަދަދެއްގެ ސަފާރީ އާއި އޮޑިދޯނިފަހަރު ވެސް އަޅާފައި ހުރެއެވެ.
މީގެ އިތުރުން ހުޅުމާލޭ ފަޅަކީ ގިނަ އަދަދެއްގެ އުޅަނދުތައް މެދުނުކެނޑި ވަދެ، ނުކުމެ ވާ ފަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ