ފުވައްމުލަކުގައި އަލިފާނުގެ ހާދިސާއެއް، ރޯވީ ހޯގާޑުން ބޭނުންކުރާ އިމާރާތެއްގަ

ފުވައްމުލައް ސިޓީގައި، ހޯގާޑް ކުންފުނިން ބޭނުން ކުރަމުން އަންނަ އިމަރާތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންރޯވީ ހޯގާޑް ކުންފުނީގެ ބައްދަލުވުންތައް ބޭއްވުމަށާއި ބައެއް ތަކެތި ބެހެއްޓުމަށް ބޭނުންކުރާ އިމާރާތެއްގައި ކަމަށެވެ.
މާލެގަން އަވަށުގައި ހުންނަ މި އިމާރާތުގައި ރޯވި އަލިފާން މިހާރުވަނީ ނިއްވާލާފައި ކަމަށާއި، އެހެންނަމަވެސް އަދިވެސް ދުންއަރަމުންދާތީ ދަނީ މޮނީޓަރކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ 11:13 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންނަމަވެސް މި އިމާރާތުގައި ހުރީ ކޮންކަހަލަ ސާމާނުތަކެއް ކަމެއް އަދި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުންތަކެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ