ހުކުމެއް ނުކޮށް އަހަރު ވުމުން ގާޒީ ފައްޔާޒްގެ މައްސަލަ ބަލަނީ

މައްސަލައިގެ ހުކުމް ނުކޮށް ދިގު މުއްދަތަކަށް މައްސަލަ ކުރިއަށްގެން ދިޔުމުގައި ފަރުވާ ކުޑަކޮށްފައިވާ ކަމުގެ ތުހުމަތު ގާޒީ ފައްޔާޒުގެ މައްޗަށް ކުރެ އެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ހުކުމް ނުކޮށް އަހަރު ދުވަސްވެފައި ވާތީ އެ ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖޭއެސްސީ އިން މިއަދު ބުނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށް ފަހު، މައްސަލައިގެ ހުކުމް ނުކޮށް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަރުވާ ކުޑަކޮށްފައިވާ ކަމުގެ ތުހުމަތު ގާޒީ ފައްޔާޒުގެ މައްޗަށް ކުރެވޭ ކަމަށެވެ.އެހެންވެ، ގާޒީ ފައްޔާޒުގެ ސްލޫކީ މައްސަލަ ތަހުގީގު ކުރަން މި މަހުގެ އަށްވަނަ ދުވަހު ނިންމައި، ކޮމެޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ.މައްސަލަތަކުގެ ހުކުމް ނުކޮށް ލަސްކުރާ ގާޒީންނާމެދު މީގެ ކުރިން ވެސް ޖޭއެސްސީ އިން ފިޔަވަޅު އަޅާފައި ވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ