ބާރަ އަހަރުވީ ދަރިފުޅު ހުކުރު ނޫން ނަމާދަކަށް ނުގެންދާތީ ރޮވިފަ ޝަކުވާކުރި މައިމީހާއަށް އިމާމް ދެއްވި ޖަވާބު!

އަހަރެން ވަރަށް ފަހުން ޢަރަބި ޤައުމަކަށް ކުރި ދަތުރެއްގައި ބޭއްވުނު ދަރުސެއްގެ ތެރެއިން ބައްދަލުވި މަންމައަކު ރޮއިފައި ބުންޏެވެ! 
"ޝައިޚްއެވެ. މައިންބަފައިންގެ ޒިންމާތައް އެބަވިދާޅުވެދެއްވަމުއެވެ. އަޅުގަނޑުގެ ދޮށީ ފިރިހެން ދަރިފުޅުގެ ޢުމުރަކީ 12 އަހަރެވެ. 12 އަހަރުފުރުނުއިރުވެސް ދަރިފުޅުގެ ބައްޕަ، ހުކުރު ނަމާދަށް ދަރިފުޅު ގެންދިއުން ނޫން އެއްވެސް ކަމެއް ނުކުރެއެވެ. މިދަންނަވަނީ ހުކުރު ނަމާދު ނޫން އެއްވެސް ނަމާދަކަށް ދަރިފުޅު ނުގެންދާ ވާހަކައެވެ. އަޅުގަނޑުގެ އިތުރު 3 ކުދިން އެބަ ތިއްބެވެ. އެކުދިން ދޫކޮށްލާފައި އެ ދަރިފުޅު ގޮވައިގެން މިސްކިތަށް ދިއުމަކީ އަޅުގަނޑަށް ކުރަން ފަސޭހަކަމެއް ނޫނެވެ! ވީމާ މިހާރު ބާލިޣްވެފައި އެހެރަ އަޅުގަނޑުގެ ދަރިފުޅު ލައްވައި ޖަމާއަތުގައި ނަމާދު ނުކުރެވޭތީ އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟" 
އޭނާއަށް ހުރީ ރޮވިފައެވެ. ދެލޮލުން ކަރުނަ އޮހެރެއެވެ. ގަނެފައިވާ ބިރަކުން ތުރުތުރުވެސް އަޅައެވެ. އެޙާލަތުގައި ބުނާނެ ބަހަކާއިމެދު ވިސްނައިލަންވެސް ޖެހުނެވެ. އެންމެފަހުން އަހަރެން ބުނީމެވެ! "ﷲ ތަޢާލާ މީސްތަކުންގެ ހިސާބު ބައްލަވާނީ އެމީހަކު ކުރަންޖެހޭ ކަންކަމުގެއެވެ. ފިރިހެން ދަރިން މިސްކިތަށް ޖަމާޢަތަށް ގެންދިއުމަކީ ބައްޕަގެ މަސްއޫލިއްޔަތެކެވެ. މިސްކިތަށް ނުގެންދެވުނު ނަމަވެސް ކޮންމެ ވަގުތެއް ޖެހުމުން ދަރިފުޅަށް ހަނދާންކޮށްދީގެން ގޭގައި ނަމާދުކުރުވޭތޯ ބަލާށެވެ! އެއިރުން ތިބާގެ ވާޖިބު އަދާކުރެވުނީއެވެ."
މިއީ މިއަދު ވަރަށް ބޮޑަށް ޢާންމުވެފައިވާ މައްސަލައެކެވެ. ވީމާ އެންމެންވެސް މިންކަންކަމަށް ތަންކޮޅެއް ބޮޑަށް ވިސްނައި ސަމާލުކަން އިތުރުކުރާށެވެ! 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ