އަމީނީ މަގު ހަދަނިކޮށް ހަލާކުވި ކޭބަލް ރަނގަޅުކޮށް އެ ސަރަހައްދަށް ކަރަންޓް ދީފި

އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ކޭބަލަށް ދިމާވި މައްސަލަ ހައްލުކޮށް، ކަރަންޓް ކެނޑުނު ސްޓޮޕް އެންޑް ޝޮޕް ފިހާރަ ހުންނަ ސަރަހައްދަށް އަލުން ކަރަންޓް ދީފިއެވެ.
މި މައްސަލަ ދިމާވުމާއެކު ސްޓެލްކޯއިން ފުރަތަމަ މަސައްކަތް ކުރީ ވަގުތީ ކޭބަލެއް އަޅައި މައްސަލަ ހައްލު ކުރުމަށެވެ.
ނަމަވެސް އެކަމަށް ގިނަ ވަގުތު ހޭދަވާނެ ކަމަށް ބެލެވޭތީ އޭގެ ބަދަލުގައި އޭގެ ބަދަލުގައި ކޭބަލްގެ ގެއްލުންވެފައިވާ ހިސާބު ވަކިކޮށް ޖޮއިންޓެއް ހަދައި ސްޓެލްކޯއިން ވަނީ މައްސަލަ ހައްލުކޮށްފައެވެ. އަދި ދިމާވި ދަތިތަކަށް ސްޓްލްކޯއިން ވަނީ މައާފަށް އެދިފައެވެ.
އަމީނީ މަގު ހެދުމުގެ ތެރޭގައި ދިމާވާ މިކަހަލަ ކަންކަމަށް ވަގުތުން އެޓެންޑްކޮށް، މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސްޓެލްކޯއިން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ