ޕީޕީއެމް އުފެއްދީ ހަމައެކަނި ގައުމަށް ހިދުމަތް ކުރުމަށް: އުމަރު
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އުފެއްދީ ހަމައެކަނި ގައުމަށް ހިދުމަތް ކުރުމަށް ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރުގެ ޓުވީޓާގައި ޕޯސްޓުކޮށްފައިވާ ފޮޓޯއެއްގައި އޭނާ ވިދާޅުވެފައި ވަނީ ޕީޕީއެމް އުފެއްދީ ތިމާގެ އަމިއްލަ ނަފުސުގެ ކުރިއަށް ގައުމު ނެރެން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް އުފެއްދީ ފައިސާގެ ކުރިއަށް ގައުމު ނެރެން ކަމަށެވެ. އުމަރު މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ތެރޭގައި ހަމަނުޖެހުންތަކެއް އުފެދިފައިވާ ދުވަސްވަރެއްގަ އެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާ ދޭތެރޭ ވަނީ ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅައްގަ އެވެ. އުމަރު މިހެން ވިދާޅުވެފައިވާ އިރު އޭނާ ވަނީ މީގެކުރިން ވެސް އެޕާޓީ އުފެއްދި އަސްލު މަގުސަދަށް ވާސިލުވުމަށް ގޮވާލައިފަ އެވެ. ޕީޕީއެމްގެ ރައީސް މައުމޫން މިހާރު ވަނީ ޕީޕީއެމް ހަރުދަނާ ކުރުމަށް ހާއްސަ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގައި ކުރިން އުމަރު އިންނެވި ނަމަވެސް އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމުން އުމަރު ވަނީ އެ ކޮމެޓީން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ