ސިއްހީ ދާއިރާއަށް ގެންނަން ވިސްނާފައިވާ ބަދަލުތަށް ދެތިން ދުވަހެއްގެ ތެރޭގައި އިއުލާންކުރަނީ

ސިއްހީ ދާއިރާއަށް މި ސަރުކާރުން ގެންނަން ވިސްނަވާފައިވާ ބަދަލުތަށް ދެތިން ދުވަހެއްގެ ތެރޭގައި އިއުލާންކުރައްވާނެ ކަމަށް ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ތ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި މި ސަރުކާރުން ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
އަދި މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަން ވިސްނަވާފައިވާ ބަދަލުތަށް ދެތިން ދުވަހެއްގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ދައުރާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން މަޖިލީހުގެ ދައުރަކީ މިނިވަންކަމާއެކީ ސަރުކާރަށް ފާރަވެރިވެ، ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޒިންމާދާރުކަމާ އެކީގައި މިކަން ކުރައްވާ ބޭފުޅުންނަށްވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ތަރައްގީގެ އެންމެ މުހިއްމު ހިއްސާދާރު ކަން ވެސް ރައީސް އަބްދުﷲ ޔާމީން ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން، ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވާފައިވާ ކަމަށާއި އެހެންކަމުން ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ ކަންތައްތައް، ރައްޔިތުންގެ މަޖިލީހުން ކޮށްދެއްވަން ޖެހޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ