އެމްބީއޭގެ ނާއިބް ރައީސަކަށް އަބްދުﷲ އާމިރު، ކުލަބް މެންބަރަކަށް ރިޝާން އިންތިހާބުކޮށްފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އެކްސްކޯއިން ހުސްވެފައިވާ ދެ މަގާމްގެ ތެރެއިން ނައިބުރައީސްގެ މަގާމަށް އަބްދުﷲ އާމިރު އަދި ކުލަބް މެންބަރަކަށް މުހައްމަދު ރިޝާން ރޭ އިންތިހާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ބައި އިލެކްޝަނުގައި ނައިބު ރައީސް އަކަށް އާމިރު އިންތިހާބުކުރެވުނީ މީގެ ކުރިން އެމަގާމްގައި ހުރި އަލީ ނަސީރު އިސްތިއުފާ ދިނުމުންނެވެ. ހުސްވެފައިވާ ނައިބުރައީސްގެ މަގާމަށް ދެ ބޭފުޅުން ކުރިމަތިލިއިރު، އެމަގާމް އާމިރު ކާމިޔާބު ކުރީ ޝަފީއުﷲ ރަޝާދާ ވަދަކަށް 16 ވޯޓް، 12 ވޯޓުގެ ތަފާތަކުން ކުރިހޯދައިގެންނެވެ.
މީގެއިތުރުން ރޭގެ ބައި އިލެކްޝަނުގައި އެކްސްކޯގެ ކުލަބު މެންބަރުކަމަށް އިންތިހާބު ކުރި ރިޝާން އެމަގާމަށް ހޮވުނީ އޭނަޔާ ވާދަކުރި އިބްރާހިމް ޝިފާއުއާ ވާދަކޮށް، 15 ވޯޓް 13 ވޯޓުގެ ތަފާތަކުން ކުހޯދައިގެންނެވެ.
އެމްބީއޭގެ ޖެނެރަލް ސެކްރެޓަކީ އާރިފް ރިޒާ ވިދާޅުވީ، ރޭގެ ބައި އިލެކްޝަންގައި ވޯޓްލުމަށް 30 ކުލަބުން ނަން ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެންމެ ފަހު ވަގުތު ވޯޓުލުމުގެ ހައްގު ލިބުނީ 28 ކުލަބަކަށް ކަމަށެވެ.
މީގެއިތުރުން އާރިފް ވިދާޅުވީ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗް މަހުގެ ކުރީ ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އެޖަލްސާގައި މިއަހަރުގެ ބަޖެޓް ފައިނަލް ކުރުން އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ