އެއްވެސް ރައްޔިތަކު ކަރަންޓު ބިލް ނުދައްކަން އިދިކޮޅުން ގޮވާލައިފި

މިދިޔަ މަހުގެ ކަރަންޓު ބިލް އެއްވެސް ރައްޔިތަކު ނުދެއްކުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ. މިގޮތަށް ގޮވާލާފައިވަނީ އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު ވިދާޅުވީ ކަރަންޓު ބިލްތަކުން ފެންނަނީ މަކަރާއި ހީލަތް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބިކަހާލުގައި ޖައްސަން ކަމަށް ނިމާލު ވިދާޅުވިއެވެ. އަދި އެއްވެސް ރައްޔިތަކު ކަރަންޓު ބިލް ނުދެއްކުމަށް ނިމާލު ގޮވާލެއްވިއެވެ. ނިމާލަކީ ގިނަ ދުވަހު ސްޓެލްކޯ އަދި ފެނަކައިގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނިމާލް ވިދާޅުވީ އެއީ ރަނގަޅު މަޤްސަދެއްގައި ހަދާފައިވާ ކަރަންޓު ބިލެއް ނޫން ކަމަށާއި ސިފަ ކުރެވެނީ ޓެކްނިކަލް ގޮތުން ކޮށްފައިވާ ވައްކަމެއްގެ ގޮތުގައި ކަމަށެވެ. ޖޫން މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ވަރަށް ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުކޮށް 2000 ރުފިޔާ އަރާ ބައެއް ގެތަކަށް މިދިޔަ މަހުގެ ބިލް ގައި 4000 ރުފިޔާ އަރާފައި ހުއްޓެވެ. ސްޓްލެކް އިން އެންމެ ފުރަތަމަ ބުނެފައިވަނީ އެއީ ސަބްސިޑީއަށް ވާ ފައިސާ ހިމަނާފައި ނުވުމުން އިތުރުވި އިތުރުވުމެއް ކަމަށެވެ. ނަމަވެސް ކޮވިޑު-19 ގެ ކުރިންވެސް ކަރަންޓި ބިލު ބޮޑު ނުވާވަރަށް ވެފައި ވުމުން އެކަން ބައެއް ފަރާތްތަކުން ފާހަގަ ކުރުމުން ސްޓެލްކޯ އިން ވަނީ އެކަން ބަލަމުންދާކަމަށް ބުނެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ