އެސްޓީއޯ ބަލިކޮށް ފްރެންޑްސް ފައިނަލަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށް ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ފައިނަލަށް އެސްޓީއޯ ބަލިކޮށް ފްރެންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ދަތުރުކޮށްފިއެވެ.
ހޮނިހިރު ދުވަހު ކުރިއަށްދިޔަ ސެމީ ފައިނަލް މެޗު އެސްޓީއޯ އާއި ބައްދަލުކޮށް ފްރެންޑްސް އޮފް މޯލްޑިވްސްއިން ކާމިޔާބުކުރީ ދެ ވިކެޓުންނެވެ.
މެޗުގެ ޓޮސް ދިމާވުމުން އެސްޓީއޯއިން ގަސްދުކުރީ ކުޅެންއަރާށެވެ. އެސްޓީއޯއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 98 ލަނޑުވަނީ ހަދައިފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި ހެލާލް އެވެ. އަދި ޖަނަކަ ވަނީ ތިން ވިކެޓު ނަގާފައެވެ.
ޖަވާބުގައި ފްރެންޑްސް އޮފް މޯލްޑިވްސްއިން ކުޅެން އަރާ އެންމެ ކުޅެންއަރާ އަށްވަނަ އޯވަރުގެ އެންމެ ފަހު ބޯޅައިގައި އެއް ލަނޑު ހަދާ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ލަނޑު ހެދި ޕްރަސާދު ކުމާރުއެވެ.
މުބާރާތުގެ ދެވަނަ ސެމީ ކުޅޭނީ އާދީއްތަ ދުވަހު ހެދުނު 10:30 ގައެވެ. ބައްދަލުކުރާނީ ޓީސީއެމް އާއި ފަތަހަ ސްޓާސްއެވެ. މެޗް ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ