އެސްޓީއޯ އިން އެންމެ ބޮޑު އިސްކަމެއް ދެނީ އެސްޓީއޯ އިން ކުރަމުން ގެންދާ މައި 4 ވިޔަފާރި އިތުރަށް ތަރައްޤީކޮށް ފުރިހަމަކުރުމަށް ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
ޝަހީރު ވިދާޅުވީ އެސްޓީއޯ އިން ހުޅުުމާލޭގައި ތަރައްޤީކުރި ހޮޓާ ވިއްކައިލުމަށް މިހާރު މަސައްކަތްކުރަމުންގެންދާ ކަމަށެވެ. އަދި އެކަމަށް ލިބިފައިވާ ޕްރަޕޯސަލްތައް މިހާރު ދިރާސާކުރަމުން ގެންދާ ކަމަށެވެ.
ޝަހީރު ވިދާޅުވީ އެ ހޮޓާ ވިއްކައިލި ނަމަވެސް އެއިގެ މާނައަކީ އެސްޓީއޯ އިން ފަތުރުވެރިކަމުގެ ސިނާއަތަށް އަލްވަދާޢުކިޔުން ނޫން ކަމަށެވެ.
އެސްޓީއޯގެ މައި 4 ސެކްޓަރ އެކަށީގެންވާ ވަރަށް ތަރައްޤީ ކުރެވުމުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެސްޓީއޯގެ މައި 4 ދާއިރާއަކީ ކާޑާއި ތެލާއި ގޭސް އަދި ބޭހާއި ކޮންސްޓްރަކްޝަން މެޓީީރިއަލްސް އެވެ. މިދާއިރާތަކުން އެސްޓީއޯގެ ވިޔަފާރިތައް އިތުރަށް ފުޅައުކުރުމަށް މިހާރުވެސް ގެންދަނީ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއިއެކު ހިންގަމުންނެވެ.
އެސްޓީއޯ އިން އެންމެ ބޮޑު އިސްކަމެއް ދެނީ މައި 4 ދާއިރާގެ ތަރައްޤީއަށް: ޝަހީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ