މަޔަން ހުވައި ރާއްޖެވަޑައިގަންނަވާތީ އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކޮށްފި.!

މިޔަންމާގެ ހެލްތު މިނިސްޓަރު ޑޮކްޓަރު މަޔަންޓް ހުވައި ރާއްޖެވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިޔަންމާގެ ރޮހިންޖާގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަރުކާރުން ލާއިންސާނީ އަނިޔާވެރި އަމަލުތަކެއް ހިންގަމުން ދާ ދަނޑިވަޅެއްގައި އެގައުމުގެ ހެލްތި މިނިސްޓަރ ރާއްޖެ އަންނަން ނިންމި ނިންމުމާ ގުޅިގެން، ރޭ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މައުސޫމް މުސްލިމް ތުއްތު ކުޑަކުދިންނާއި އަހުންނާއި އުހުތުން ކަތިލަމުން ގެންދާ މިޔަންމާގެ އެއްވެސް ވަޒީރަކަށް މި ދިވެހި ފަސްގަނޑުން މަރުހަބާ އެއް ނުކިޔޭނެ ކަމަށެވެ.
ފަހަކަށް އައިސް އެގައުމުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގައި އެތައް ސަތޭކަ ރޮހިންޔާ މުސްލިމުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ