ހެކިބަސް ދޭ މީހުންގެ ކެރެކްޓަރ ވަޒަން ކުރުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ލިބިނުދީ ރައްޔިތުން ނިންމި ނިންމުމެއް ބާތިލް ނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެރެކްޓާ ވަޒަންކުރުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ނުދީ އެމީހެއްގެ ހެކިބަހުގެ މައްޗަށް ދިވެހި ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން ނިންނި ނިންމުމެއް ބާތިލް ނުކުރެވޭނެ ކަމަށާއި ހެކި ވަންހަނާ ނުކުރެވޭނެ ކަމަށެވެ.
Hekibas dhey meehunge character vazan kurumuge furusathu dhifaaee vakeelunnah libinudhee e meehunge hekibahuge macchah Dhivehi rayyithunge saafu aghlabiyyathun ninmi nimumeh baathil nukureveyne.
Heki vanhanaa nukureveyne.
ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު އެމައްސަލައިގައި ސިއްރު ހެކީންގެ ގޮތުގައި ތިން ހެކީންގެ ހެކިބަސް ނެގުމަށް ވަނީ ހުށައަޅާފައެވެ. އެމައްސަލައިގައި ދެ އަޑުއެހުމެއް ބާއްވާފައިވާއިރު ތިން ހެކީންގެ ތެރޭގައި ނެގުމަށް ނިންމާފައިވާ ހެކިބަސްތަކުގެ ތެރޭގައި އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ބުނެގެން ގޮސް އަނގޮޓި ގަނެގެން ރާއްޖެ އެތެރެކުރި ކަމަށް ރައީސް ޔާމީން ވިދާޅުވާ މީހާއާއި އިތުރު ދެ ހެއްކެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ހެކި ވަޒަންކުރުމުގެ ފުރުސަތުނުދީ ރައްޔިތުން ނިންމި ނިންމުމެއް ބާތިލެއް ނުކުރެވޭނެ: ދިޔާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ