ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވި މައްސަލައިގައި އަލީ ހުސައިން ސަސްޕެންޑްކޮށްފި
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވި މައްސަލައިގައި ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސަސްޕެންޑް ކޮށްފި.ސްޕްރީމް ކޯޓުން އަލީ ހުސައިންގެ ވަކާލާތު ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައި ވަނީ ވީ މީޑިއާއަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެންނެވެ. އެގޮތުން އެ އިންޓަވިއުގައި 'ގޮނޑިއާއިމެދު ސްޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް" ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.އެ ލިޔުމާއި ގުޅިގެން އަލީ ހުސައިން އާ ސުވާލުކޮށް އޭނާގެ ބަޔާނުގައިވާ ކަންތަކަށް ބަލާއިރު އަލީ ހުސައިން، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ ހަ ވަނަ މާއްދާގެ (ނ) ގެ ދަށުން މިއަދުން ފެށިގެން ފަސް މަސްދުވަހުގެ ނިޔަލަށް އޭނާ ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން ފަސް މަސްދުވަހަށް ސަސްޕެންޑު ކުރަން ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.މީގެ ކުރިންވެސް އަލީ ހުސައިން ވަނީ ވަކާލާތު ކުރުމުން ސަސްޕެންޑު ކޮށްފައެވެ. އޭނާ އަށް އަލުން ވަކާލާތު ކުރުމުގެ ހުއްދަ ދިނީ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ