އައްޑޫ މީދޫ ދާއިރާގެ ޓިކެޓް މިފަހަރުވެސް ރޮޒޭއަށް

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާގެ ޓިކެޓް ރޮޒެއިނާ އާދަމް ކާމިޔާބު ކޮށްފިއެވެ.
މިހާރުވެސް އެ ދާއިރާގެ ގޮނޑި
ފުރުއްވަވަމުން ގެންދަވާ ރޮޒެއިނާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވެވީ އެ
ދާއިރާއިން ކުރިމަތި ލެއްވެވި އިމާދު ޞޯލިޙް އަދި ޙަސަން ޝާހިދާއި ވާދަކޮށް ބޮޑު
ތަފާތަކުންނެވެ.
މި އިންތިޚާބުގައި އެމްޑީޕީން
ވަނީ 270 ވޯޓު ފޮއްޓެއް ބަހައްޓައިފަ އެވެ. ވޯޓު ލުމަށް 86000 އަށް ވުރެ ގިނަ
މީހުން ޝަރުތު ހަމަވެ އެވެ. އެމްޑީޕީން ބުނީ ޕްރައިމަރީގައި ގިނަ ބަޔަކު
ވޯޓުލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ