މަކުނުދޫގައި އެއްޖިންސުން ގުޅުން ހިނގާބަޔަކު އުޅޭތީ ރައްޔިތުން މުޒާހަރާ ކުރަނީ

ހދ. މަކުނުދޫގައި އެއްޖިންސުން ގުޅުން ހިނގާބަޔަކު އުޅޭތީ މުޒާހަރާ ކުރަމުން އެބަދެއެވެ.
އެރަށުގައި މުޒާހަރާ ކުރަން ފަށާފައިވަނީ މިއަދު ހަވީރު 4 ފެށިގެންކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ. އެފަރާތްތަކުން މުޒާހަރާ ކުރަމުންދަނީ އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތު ކުރެވޭ 3 ގެއެއްގެ ކައިރީގައެވެ.
އެރަށުން ވާހަކަ ދެއްކި މީހަކާ ހަވާލާދީ "ތިލަދުން" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިކަންކަމުގައި އެމީހުން ނާއި ބައިވެރިވެގެން އުޅޭ ބޭރުމީހަކުވެސް މި ގުރޫޕުގައި އުޅޭކަމަށެވެ. އެމީހާ އަކީ ރިސޯޓެއްގައި އުޅުމަށްފަހު އެރަށަށް ގޮސްފައިވާ މީހެއްކަމަށް ބުނެއެވެ. މިގުރޫޕުން އެއްޖިންސުން ގުޅުންހިންގާ ކަމުގެ ވީޑިއޯއެއްވެސް ލީކުވެފައިވާކަމަށާއި މި ވީޑިއީ މިހާރު ފުލުހުންނަށްވެސް ހުށައަޅާފައިވާކަމަށް އެފަރާތުން ބުނެއެވެ.
މީގެ ހަފްތާއެއް ކުރިން ކުޅުދުއްފުށީ ބަޔަކު އެރަށަށް އައިސް ކުއްޔައްދޭ ގެޔެއްގެތެރޭގައި ޕާޓީ ކޮށް މިފަދަ އަމަލު ތަކެއް ކޮށްފައިވާކަމުގެ އަޑުތަކެއް އެރަށުގައި ވަނީ ފެތުރިފައެވެ. މިކަމާއި އެރަށު ބަޔަކު ހިތްހަމަ ނުޖެހިގެން އެ ގެޔަށް ކަޅުތެޔޮ ޖެހިކަމަށްވެސް އެރަށުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިކަންކަމުގައި އެމީހުން ނާއި ބައިވެރިވެގެން އުޅޭ ބޭރުމީހަކުވެސް މި ގުރޫޕުގައި އުޅޭކަމަށެވެ. އެމީހާ އަކީ ރިސޯޓެއްގައި އުޅުމަށްފަހު އެރަށަށް ގޮސްފައިވާ މީހެއްކަމަށް ބުނެއެވެ. މިގުރޫޕުން އެއްޖިންސުން ގުޅުންހިންގާ ކަމުގެ ވީޑިއޯއެއްވެސް ލީކުވެފައިވާކަމަށާއި މި ވީޑިއީ މިހާރު ފުލުހުންނަށްވެސް ހުށައަޅާފައިވާކަމަށް އެފަރާތުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ