ގާސިމް އިބްރާހިމްގެ ހާލުކޮޅު ރަނގަޅެއް ނޫން: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ރަނގަޅު ނޫންކަމަށާ އެމަނިކުފާނަށް ރަނގަޅު އަވަސް ފަރުވާ ބޭނުންވާކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ނުދެއްވުމުން ގާސިމްގެ ހާލު އިތުރަށް ގޯސްވަމުންދާކަމަށެވެ.
އަމީން ވިދާޅުވީ ރައީސް ޔާމީން ގާސިމް އިބްރާހިމަށް ހަދަން ބޭނުންވަނީ ކޮންގޮތެއްކަން ރާއްޖެ ދަންނަކަމަށާއި، އެކަށީގެންވާ ބޭސްފަރުވާ ހޯއްދެވުމަށް ސަރުކާރުން ހުރަސްއަޅަމުން ގެންދަނީ ގަންނަ ބިރު ބޮޑުކަމުންކަމަށެވެ.
ގާސިމް ނިކުންނަވާ ކޮންމެކަމެއްގައި ސާބިތުކަންމަތީ ހުންނަވާނެކަމަށާ އަދި ނަތީޖާވެސް ނެރުންވާނެކަމަށް އަމީން ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ސަލާމަތުން ހުންނެވުމަކީ ރައީސް ޔާމީން ހިންގަވާ ނުކިއްސަރު ކަންތައްތައް ކުރުމަށް އެޅޭ ހުރަހަކަށްވާތީ ގާސިމް ހައްޔަރުކޮށް އެމަނިކުފާނު ނިކަމެތިކޮށްލުމަށް ރައީސް ޔާމީން ވަރަށް ބޮޑަށް ބޭނުންވާނެކަަމަށްވެސް އަމީން ވިދާޅުވިއެވެ.
"މިއަދުވެސް ގާސިމް އިބްރާހިމަށް ބޭސްފަރުވާގެ ފުރުސަތު ނުދީ އެ ހިފަހައްޓަނީ ކީއްވެތޯ. ހަމަ ގަންނާ ކުރައްވާ ބިރުން އިނގޭތޯ." އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ