އީދު ދުވަހު ހަވީރު ހަތަރަކުން އެރޭ 10 ޖަހަންދެން ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.                         
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާރމަން އަބުދުއްރަޝީދު ނާފިޒު ވިދާޅުވީ އީދު ދުވަހު ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވަނީ ސިޓީ ކައުންސިލުގެ އެދުމުގެ މަތިން ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. 
ނާފިޒު ވިދާޅުވީ އީދު ދުވަހު ހަވީރު ހަތަރަކުން އެރޭ 10 ޖަހަންދެން ފައި މަގުގައި އުލޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ބަލި މީހުންނަށާއި ހުއްދަ ދޫކޮށްފައިވާ ޓެކްސީ ފަދަ ތަކެއްޗަށް ދަތުރުކުރެވޭނެ ކަމަށެވެ. 
"ކުރިން މައްސަލަ ޖެހުނީ ސިޓި ކައުންސިލުން އަމިއްލަ އަމިއްލައަށް އެކަން ކުރުމުން. އަޅުގަނޑުމެންނަކަށް ނޭނގޭ ފުލުހުންނަކަށް ނޭނގޭ. އެހެންވެ އެފަހަރު އޮންނާނީ ސިޓީއަކުން ދަންނަވާފައި. ދެފަރާތުން މަޝްވަރާކޮށްގެން އެކަހަލަ ކަންތައްތައް ކުރުމަށް." ނާފިޒު ވިދާޅުވިއެވެ.
    
    އީދު ދުވަހު ހަވީރު ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ