ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުން އިތުރު އެއްލައްކަ ފަސްދޮޅަސް އަށްހާސް އަކަ މީޓަރުގެ ހޯދުމަށް އ.ދ އަށް ހުށަހެޅަން ނިންމައިފި

14:30ރާއްޖޭގެ 200 މޭލުގެ އިގްތިސާދީ ސަރަހައްދުން ބޭރުން އިތުރު އެއްލައްކަ ފަސްދޮޅަސް އަށް ހާސް އަކަ މީޓަރުގެ ކަނޑުގެ ސަރަހައްދު ހޯދުމަށް އ.ދ އަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު މިއަދު ވިދާޅުވީ، ރާއްޖެއަށް ކަނޑައެޅިފައިވާ 200 މޭލުގެ އިގްތިސާދީ ސަރަހައްދުން ނުވަތަ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ބޭރުން އިތުރު އެއް ލައްކަ ފަސްދޮޅަސް އަށް ހާސް އަކަ މީޓަރު ހޯދުމަށް އ.ދ އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.އެގޮތުން ގައުމެއްގެ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމަށްފަހު، އެ ސަރަހައްދު އިތުރަށް ފުޅާކުރަން ބޭނުންވާނަމަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އ.ދ ގެ ކަނޑުތަކާ ބެހޭ ކޮމިޓީ ކަމުގައިވާ "ކޮންވެންޝަން އޮން އޯޝަން އެންޑް ލޯ އޮފް ދަ ސީ" އަށް ހުށަހަޅަންޖެހޭނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހަކީ ރާއްޖެއިން ޕްރޮޕޯސަން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚު ކަމަށެވެ. އެހެން ނަމަވެސް، މި މަހުގެ 26 ގައި އެ ޕްރޮޕޯސަލް ހުށަހެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.ގައުމުތަކުން އާއްމު ގޮތެއްގައި އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ރިސާރޗްކުރުމަށްފަހު ދިހަ އަހަރު ދުވަހުގެ ތެރޭގައި ތައްޔާރުކުރާ ރިޕޯޓު ރާއްޖެއިން ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފުން އިސްނަގައިގެން އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި އެކަމަށް މާބޮޑު ޚަރަދުތަކެއް ވެސް ނުދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.އ.ދގެ ކަނޑުގެ ޤާނޫނާ ބެހޭ ކޮމިޓީގައިވެސް މަސައްކަތް ކުރިއަށްދަނީ ވަރަށް ލަހުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ މި ޕްރޮޕޯސަލް ހުށަހަޅާ 53 ވަނަ ގައުމު ކަމަށެވެ. ނަމަވެސް، އަދިވެސް ވަރަށް ގިނަ ގައުމުތަކުގެ މަސައްކަތްތައް އެ ކޮމިޓީގައި ފުނިޖެހިފައިވާ ކަމަށާއި މިހާތަނަށް ނިމިފައި ވަނީ އެންމެ 14 ގައުމެއްގެ ހުށަހެޅުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.ކަނޑުގެ އަޑީގެ މުއްސަނދިކަމުގެ ތެރޭގައި ތެލާއި، އެތަކެއް މައުދަނުގެ ބާވަތްތައް ހިމެނޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުތަކުގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެނަމަ، އެކަމުގެ ފައިދާ މުސްތަގުބަލުގެ ޖީލުތަކަށް ލިބިގެންދާނެ ކަމަށެވެ.ރާއްޖޭގެ މިލްކުވެރިކަމުގެ ދަށަށް ގެނައުމަށް ހުށަހަޅާފައި ވަނީ ހުޅަނގުން ވިހި ހާސް އަދި އިރުން އެއް ލައްކަ ސާޅިސް ހާސްއާއެކު ޖުމްލަ އެއްލައްކަ ފަސްދޮޅަސް އަށް ހާސް އަކަ މީޓަރެވެ. މި ސަރަހައްދުތައް ހޯދުމަށް ސަރުކާރުން ހުށަޅަހަން ގަސްތުކުރަނީ އެ ތަނުގައި ކަނޑުއަޑީގެ މުއްސަނދިކަމުގެ ހެކިތަކެއް ހުރުމުންތޯ ދެންނެވުމުން ކޯސްޓްގާޑުން ބުނީ، އެ ސަރަހައްދުގައިވާ ކަނޑު އަޑީގެ މުއްސަނދިކަމާއި ވަސީލަތްތައް ހޯދުމަށް އަދި އެއްވެސް ސާވޭއެއް ކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެފަދަ ޓެކްނިކަލް ސާވޭއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޯސްގާޑުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ