ދިވެހިން އެދޭ އިގުތިސޯދީ ތަރައްގީގެ ޕްލޭން އޮތީ ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯގައި ކަމަށާއި އެހެން އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ އިގްތިސާދީ ސިޔާސަތެއް ނެތް ކަމަށް ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓް ޑރ. ހަސަން ސަޢީދު ވިދާޅުވެއްޖެ އެވެ.
ހަސަން މިއަދު ވިދާޅުވީ އިގުތިސާދީ މައްސަލަތަކަށް ހައްލު ހޯދާނެ ވަރަށް ފުރިހަމަ މެނިފެސްޓޯއެއް ޖުމްހޫރީ ގުޅުމުގައި އެބައޮތް ކަމަށާއި ޖުމްހޫރީ ގުޅުމުގެ މައިގަނޑު އަމާޒަކީ ރައްޔިތުން އެދޭގޮތަށް ގައުމު ތަރައްގީކޮށް ރާއްޖެއަށް ދިމާވެފައިވާ އިގުތިސޯދީ މައްސަލަތަކަށް ހައްލު ހޯދާދިނުން ކަމަށެވެ.
އިގްތިސާދީ މައްސަލަތައް ހައްލު ކުރަން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ވަޒީފާ ނެން 40000 އަށްވުރެ ގިނަ މީހުނަށްޓަކައި 650000 ވަޒީފާ އަލަށް އުފައްދާނެ ކަމަށާ އެ ވަޒީފާތައް އުފެއްދުމަށް ޓޫރިޒަމާއި މަސްވެރިކަމުގެ އިތުރުން ޓްރާންޝިޕްމަންޓް ބަނދަރުތައް ގާއިމްކޮށް އިތުރު ސިނާއަތްތައް އުފައްދާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި މެރިޓައިމް އެކަޑަމީއެއް ޤާއިމްކޮށް މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ހަރުފަތެއް ހުޅުވާލާނެ ކަމަށެވެ.
"ފުރަތަމަ އަހަރުވެސް 200 މިލިއަނަށްވުރެ ބޮޑު ބަޖެޓެއް ލޯނުގެ ގޮތުގައި ދޫކުރާނެ. ގެއްލިފައިވާ އިންވެސްޓަރުންގެ އިތުބާރު އަލުން އުފައްދައި، ކޮރަޕްޝަން ނައްތާލައި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ދުނިޔޭގެ އެންމެ ކޮރަޕްޝަން މަދު ދިހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމަނާނެ،" ހަސަން ވިދާޅުވި އެވެ. "އަޅުގަނޑުމެން އިންތިހާބަށް ނިކުމެ އޮތީ ވަރަށް ރަނގަޅަށް ރިސާޗްކޮށް ރައްޔިތުންގެ ހިޔާލު ހޯދައިގެން. ގައުމު ތަރައްގީ ކުރުމުގެ މުހިންމު ޕުލޭންއެއް ހިފައިން. ނަމަވެސް ކޮބައިތޯ އެހެން ކެނޑިޑޭޓުންގެ ޕޮލިސީ؟ ކީއްވެގެންތޯ އެ ސިޔާސަތުގެ ވާހަކަތައް ނުދައްކަވަނީ؟ އެހެންވެ މިދަންނަވަނީ އެ ބޭފުޅުންގެ ސިޔާސަތެއް ނެތޭ!"
ރައީސް މައުމޫނުގެ ސަރުކާރާއި ރައީސް ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުގައި ވެސް މަސައްކަތް ކުރެއްވީ ހަސަން ވިދާޅުވީ ގިނަ ރަށްތަކެއްގައި މީހުން ދިރި އުޅޭގޮތަށް ރާއްޖެ ބެހިފައި އޮތުމަކީ ތަރައްގީއަށް އޮތް ހުރަހެއް ކަމަށް ވިޔަސް ނިމިގެން ދިޔަ ދެ ސަރުކާރަށާއި މިހާރު އޮތް ސަރުކާރަށް ރާއްޖެ ތަރައްގީ ކުރުމުގެޕްލޭނެއް ގާމްނުކުރެވުނީ ސިޔާސަތެއް ނެތުމުން ކަމަށެވެ.
ނަމަވެސް ގާސިމްގެ ވެރިކަމެއް އަތުވެއްޖެނަމަ ރާއްޖޭގެ ތިން ސަރަހައްދެއް ތަރައްގީކޮށް އެއިން ކޮންމެ ސިޓީއަކީ އެތައް ލައްކަ ބަޔަކު ދިރިއުޅޭ ތަނަކަށް ހަދައި ވެރިރަށް މާލެ އާއި މާލެ ހިމެނޭ ސަރަހައްދު ފުރިހަމައަށް ތަރައްގީ ކުރާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"ގާސިމް ނޫން ކެންޑިޑޭޓަކު އިގްތިސޯދީ ޕްލޭނެއް ނުގެންގުޅޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ