އަހަރު ދުވަހަށްފަހު ސީމެގުގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކޮށްފި

އެއް އަހަރުގެ މެދު ކެނޑުމަކަށްފަހު ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ކުރިއަށްދިޔަ ސީމެގްގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އާއި ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސީމެގްގެ ބައްދަލުވުންތައް އާންމުކޮށް ކުރިއަށްގެންދާ ލަންޑަންގެ މާބަރާ ހައުސްގައި ލަންޑަންގެ ގަޑިން މިއަދުގެ ހެނދުނު 9:30 އިން 11:30 އަށެވެ.
ސީމެގްގެ މިއަދުގެ ބައްދަލުވުމަށްފަހު މި ބައްދަލުވުމާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ދުންޔާ މައުމޫން ވިދާޅުވީ އެއް އަހަރަށްފަހު ސީމެގްގެ ބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެން ބައްދަލުވުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގަތުމަކީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބެއް ކަމަށެވެ.
ދުންޔާ ވިދާޅުވީ ސީމެގްގެ މިއަދުގެ ބައްދަލުވުމުގައި ކުރިން ރާއްޖެއަށް ފާޑު ކިޔާފައިވާ ބައެއް ޤައުމު ތަކުން މިއަދުގެ ބައްދަލުވުމުގައި ރާއްޖެއަށް ވަރަށް ބޮޑަށް އެއްބާރުލުން ދިން ކަމަށެވެ.
"ކުރިން ފާޑު ވިދާޅުވި ބައެއް ޤައުމުތައް ކަމަށްވާ ކެނެޑާ އޮސްޓްރޭލިޔާ މިބޭފުޅުން ވެސް މިހާރު ވަރަށް ބޮޑަށް ރާއްޖޭގެ ކަންތައްތައް ހިނގާގޮތް އެގިވަޑައިގެން ވަރަށް ސަޕޯޓްވިކޮށް ތިއްބެވީ. ޑރ. ވަހީދުގެ ސަރުކާރާއި، ސަރުކާރާއި ގުޅިފައިވާ ކޯލިޝަން ޕާޓީތަކުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި،" ދުންޔާ ވިދާޅުވި އެވެ.
ސީމެގްގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު ރާއްޖެއާއި ދެކޮޅަށް މާބަރާ ހައުސްގެ ބޭރުގައި މުޒާހަރާ ކުރަމުންދިއުމާއި ގުޅިގެން ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން އެއްވެސް ވަރަކަށް ފާޑު ކިޔުން އަމާޒުވިތޯ ދެންނެވުމުން ދުންޔާ ވިދާޅުވީ އެފަދަ ކަމެއް ނުހިގާ ކަމަށެވެ.
"އަޅުގަނޑުމެން މާބަރާ ހައުސްއަށް ވަދެގެން އައިއިރު 10 ވަރަކަށް މީހުން ތިބި ކުލަކާޑު ހިފައިގެން. ދެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތިއްޔާ އެގޮތަށް އަމަލުކުރެވިދާނެތާ؟ ހަޤީގަތަކީ ސީމެގްގެ ބައްދަލުވުމުގައި ޑރ. ސަމަދު ބައިވެރިވެވަޑައިގަތުމުން އެކަމުން ވަރަށް ބޮޑު އެއްޗެއް ރަމްޒްވެގެން މިދިޔައީ. އިދިކޮޅު ފަރާތްތަކަށް ފަހަރުގައި އެކަން ހަޖަމުކުރަން ދަތިވެދާނެ،" ދުންޔާ ވިދާޅުވި އެވެ.
ސީމެގްގެ ބައްދަލުވުމުގައި މިއަދު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮންކަމަށްތޯ ދެންނެވުމުން ދުންޔާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވަޒީރު މާލެ ވަޑައިގެން އެ ތަފްސީލް ހިއްސާކުރައްވާނެ ކަމަށާ، އަދި ސީމެގުން ވެސް ބަޔާނެއް ނެރުއްވާނެ ކަމަށެވެ.
ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ރާއްޖެއާއި ގުޅޭގޮތުން ވާހަކަ ދައްކާފައި ނުވާ ކަމަށާ، އޭގެ ބަދަލުގައި މިއަދު ވާހަކަދެކެވުނީ ސީމެގުގެ އެޖެންޑާގައި ހުރި އެހެން ޤައުމު ތަކުގެ މައްސަލަތަކާއި ގުޅޭގޮތުން ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
ސީމެގުގެ މިއަދުގެ ބައްދަލުވުމުގައި މެންބަރު 9 ޤައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންފައިވާއިރު، މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ދީޕޫ މޯނީ އެވެ. ސީމެގުގެ މިއަދުގެ ބައްދަލުވުމުގައި ކޮމަންވެލްތްގެ ސެކެޓްރީ ޖެނަރަލް ކަމްޝޭލް ޝަރުމާވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ސީމެގުގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު މާބަރާ ހައުސް ބޭރުގައި އެމްޑީޕީގެ ފަރާތުން ވަނީ މުޒާހަރާކޮށްފައެވެ. މަދު އަދަދެއްގެ ބަޔަކު ބައިވެރިވި މިމުޒާހަރާގައި އިސްކޮށް ތިއްބެވީ އެމްޑީޕީގެ ސަރުކާރުގައި ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ޑރ.ފަރަހަނާޒް ފައިސަލްއާއި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި މާރިޔާ ޢަލީއާއި ރައީސް ޑރ. ވަހީދުގެ ކޮއްކޮ ނައުޝާދު ވަހީދު (ނައުބެ) އެވެ.
އާއިލާއަށް ފިލައިގެން ރިޕޯޓް ކުރުމުން އިއްޔެ ހޯދަން އިއުލާން ކުރި ކުޑަ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފްލެޓް 01-3-1، މަރިޔަމް ރިޝްމީ އަޙްމަދު 14، ފުލުހުން ހޯދައި އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށާއި ރިޝްމީ ފެނުނީ
ރޭ 10:50 އެހާކަންހާއިރު އިމްޕީރިއަލް މެޑިކަލް ސެންޓަރު ކައިރިން އޭނާގެ ރަހުމަތްތެރި ބަޔަކާއެކު އުޅެނިކޮށް ކަމަށެވެ.
ރިޝްމީ ހޯދަން ފެށީ އޭނާ ދިރިއުޅޭ ވ. ހަފޮޅު ގެއިން ނުކުމެގެން މިމަހުގެ 21 ވަނަދުވަހުގެ ރޭ 19:00 ހާއިރު ނުކުތް ފަހުން ހަބަރެއް ނުވެގެނެވެ.
މިއީ ރިޝްމީ އާއިލާއަށް ފިލައިގެން އުޅޭ ދެވަނަ ފަހަރެވެ. ކުޑަ އަންހެން ކުދިން އާއިލާއަށް ފިލުން މާލޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ