ރާޖަޕަކްސާ އާއި ސިރިސޭނާ ބައްދަލު ކުރައްވައިފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި މިހާރުގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ބައްދަލު ކުރައްވައިފި އެެވެ. މިއަދު މެންދުރުފަހު ލަންކާގެ ރައީސް އޮފީހުގައި ބޭއްވި އެ ހާއްސަ ބައްދަލުވުމަކީ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިތުރަށް ވަރުގަދަ ކޮށް ކުރިއެރުވުމަށް މަޝްވަރާ ކުރުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށް ސިރިސޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ބައްދަލުވުމަކީ އެއްވެސް ހާލަތެއްގައި ގައުމުގެ ސަރުކާރުގެ ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެއް ނޫން ކަމަށެވެ. ސިރިސޭނާއާ ބައްދަލު ކުރެއްވުމަށް ލަންކާގެ ރައީސް އޮފީހަށް ރާޖަޕްސާ ވަޑައިގަންނަވަނީ އެ ބައްދަލުވުން ކާމިޔާބު ކަމާއެކު ނިމިގެން ގޮސްފައިވާއިިރު އެ ބައްދަލުވުން، ބައިގަޑިއިރަށް ދެމިގެން ގޮސްފައިވާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެއެވެ. ރާޖަޕަކްސަ ލަންކާގެ ސިޔާސީ މަސްރަހު 10 އަހަރަށްވުރެ ގިނަ ދުވަހު ކޮންޓްރޯލް ކުރެއްވުމަށްފަހު ހީކުރިގޮތާ ހިލާފަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހެލްތު މިނިސްޓަރު މައިތުރިޕާލަ ސިރިސޭނާއާ ވާދަ ކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ