ސިވިލްކޯޓުން އަވަސް އަރުވާލައިގެން މައްސަލަތައް ނިންމާތީ އެކަމުގެ ޝަކުވާ ލިބިފައިވާ ކަމުގައާއި، އެމައްސަލަ ބެލުމަށް ނިންމާފައިވާ ކަމުގައި ޖޭއެސްސީއިން ބުނެފިއެވެ. ޖޭއެސްސީއިން ބުނެފައިވަނީ ހިނގަމުންދާ މައްސަލަތައް އަވަސްކުރުމުގެ ބޭނުމުގައި ނުވަތަ އަވަހަށް މައްސަލަ ނިންމައިގެން ޝަރަފެއް ހޯދުމުގެ ބޭނުމުގައި ފަނޑިޔާރުން މައްސަލަތައް އަވަހަށް ނިންމަމުންދާ ކަމުގައެވެ. އަދި އެކަމުގެ ސަބަބުން ފަނޑިޔާރުން މައްސަލަ ނިންމަނީ ޢަދުލު އިންސާފާ ޚިލާފަށް ކަމުގައި ޝަކުވާ ލިބިފައިވާ ކަމުގައިވެސް އެކޮމިޝަނުން ބުންޏެވެ. އޭގެ އިތުރަށް ސިވިލް ކޯޓުގައި ޑިވިޝަންތަކެއް ޤާއިމުކޮށްގެން މައްސަލަތައް ބަލާ އުޞޫލަކީ ރަނގަޅު އުޞޫލެއް ނޫން ކަމުގައިވެސް އެކޮމިޝަނުން ބުނެފައިވެއެވެ. އެއުޞޫލަކީ ސުޕްރީމް ކޯޓުގެ އެންގުމަކަށް 2015ވަނަ އަހަރުން ފެށިގެން ޢަމަލުކުރެވުމުންދާ އުޞޫލެކެވެ. އެއުޞޫލުގެ ދަށުން ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތަށް ބަލައިގެން މައްސަލަތައް ފައިސަލާކުރުމަށް 5 ޑިވިޝަނެއް ހެދިފައިވެއެވެ. އިއްޔެ އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި ޑިވިޝަންތަކަށް ކޯޓު ބަހާލައިގެން ހިންގުމަކީ ރަނގަޅު އުޞޫލެއް ނޫން ކަމުގައި ނިންމައި، އެއުޞޫލު މުރާޖަޢާކުރުމަށްފަހު އިޞްލާޙުކުރުމުގެ މަސައްކަތް ފެށުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގަންވެސް ނިންމާފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސިވިލް ކޯޓުން އަވަހަށް މައްސަލަތައް ނިންމާތީ އެކަން ޖޭއެސްސީއިން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ