ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސުވިޒަލޭންޑަށް ވަޑައިގެންފި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސުވިޒަލޭންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.މިނިސްޓަރު ޖެނީވާއަށް ވަޑައިގެންފައިވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.3 ދުވަހުގެ މި ބައްދަލުވުމުގައި 80 ޤައުމުގެ މަންދޫބުންނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި ބެހޭ ޖަމާއަތްތަކުން، އިންސާނީ ހައްޤުތަކާ ގުޅޭ ކަންކަމާ މަޝްވަރާ ކުރާނެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު 25 ފެބްރުއަރީގައި ތަޤްރީރު ކުރައްވާނެއެވެ. އަދި ސަރުކާރުން އިންސާނީ ހައްޤުތަކުގެ ދާއިރާއިން ހޯދި ކުރިއެރުންތަކާއި، ބައިނަލްއަޤްވާމީ ބައެއް ކަންކަމަށް އެ ތަގްރީރުގައި އަލިއަޅުއްވާނެ ކަމަށް މައުލޫމާތުލިބިފައިވެއެވެ. މީގެ އިތުރުން، އދ. ހިއުމަން ރައިޓްސް ކޮމިޝަނާ މިޝޭލް ބެޗެލެޓް އާއި ވެސް ޝާހިދު މި ބައްދަލުވުމުގެ ހުލާސާއިން ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުގެ އިސްވެރިން އަދި ޖަމިއްޔާތަކުގެ ވެރިންނާއި މިނިސްޓަރު ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރާއި އެކު، އެމްބެސެޑާ އެޓް ލާޖް ޑރ.އާސިމް އަހްމަދު އަދި އިތުރު ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ