ކުރީގެ ސީޕީ އަބްދުﷲ ރިޔާޒް ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ދެންމެ ހައްޔަރުކޮށްފި އެވެ.
މ. ކުނޫޒްގައި މިހާރު ކުރިއަށް ގެންދާ އިދިކޮޅު ފަރާތްތަކުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ، ކޯޓް އަމުރެއްގެ ދަށުން ރިޔާޒް ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ހައްޔަރުކުރި ކަމަށް ވަނީ ޖަލްސާ އަށް ވަޑައިގަންނަވަނިކޮށް މާވެޔޮމަގުންނެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ރިޔާޒަކީ ފަހަކަށް އައިސް ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާ އިދިކޮޅު އިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ