ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒުގެ ޝަރީއަޔް މިއަދު ބާއްވަން ތާވަލް ކޮށްފިއެވެ.
ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ތާވަލް ކޮށްފައި ވަނީ މިއަދު 13:00 އަށެވެ. އެއީ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކ.އާރަށުގައި ބަންދު ކޮށްގެން ގެންގުޅުނު މައްސަލަ އާއި ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެވެ.
މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން މި ދައުވާގެ ޝަރީއަތް ތާވަލްކުރެވިފައިވި ނަމަވެސް ރައީސް ނަޝީދް އާއި ޗިޓް ހަވާލު ކުރެވިފައި ނުވާތީ ޝަރީއަތް ވަނީ ކުރިއަތް ނުގެންދެވިފައެވެ.
މިއަދު 15:00 ކަށް ވަނީ އަބްދުﷲ ރިޔާޒުގެ ޝަރީއަތް ތާވަލް ކުރެވިފައެވެ. އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ އޭނާގެ ފޯނު ފުލުހުންގެ ތަހްގީގަށް ހުޅުވައިދޭން ދެކޮޅު ހެދުމުންނެވެ. ނަމަވެސް އޭނާ ވަނީ ޝަރީއަތުގައި ފޯނުގެ ޕިން ފުލުހުންނާއި ހަވާލުކޮށްފައެވެ. ފަންޑިޔާރުން މިއަދު ރިޔާޒްގެ މައްޗަށް އުފުލަފައިވާ ދައުވާ އާއި މެދު ގޮތެއް ނިންމާނެއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އަބްދުﷲ ރިޔާޒުގެ ޝަރީއަތް މިއަދު ތާވަލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ