ހެއްކަށް ބިނާކޮށް އަދުހަމް، ގާސިމް މެރިކަން ޝަރީއަތަށް ސާބިތުކޮށްދޭނެ - ޕީޖީ

ހެއްކަށް ބިނާކޮށް، ތޫނު އެއްޗެއް ބޭނުންކޮށްގެން އަދުހަމް މުހައްމަދު، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މެރިކަން ޝަރީއަތަށް ސާބިތުކޮށްދޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އަދުހަމްގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ، ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެވެ. ޤާސިމްގެ މަރަށް، އިބްތިދާޢީ އަޑުއެހުމުގައި އަދުހަމް ވަނީ އިއުތިރާމްވެފައެވެ. ނަމަވެސް މިއަދު އޮތް އަޑުއެހުމުގައި އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
އަދުހަމް ބުނީ، މުޅި ދަޢުވާ އަށް އިންކާރު ކުރާ ކަމަށާއި، ޤާޞިމްގެ މަރަކީ އޭނާ އަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.
އަދުހަމް މިގޮތަށް ބުނެފައިވުމާއި ގުޅިގެން ޕީޖީ ޝަމީމް ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، ‏އިޢުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން. ކަމަށެވެ.
‎"ޕީޖީން މިމައްސަލައިގައި ޝަރީޢަތަށް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، އިރާދަ ކުރެއްވިއްޔާ، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީޢަތަށް ސާބިތު ކޮށްދޭނެ". ޝަމީމް ވިދާޅުވިއެވެ.
އަދުހަމްގެ ވާހަކަތަކާއި ގުޅިގެން އެ މައްސަލަ ބައްލަވާ ގާޟީ އިސްމާޢިލް ރަޝީދު ވިދާޅުވީ، ދަޢުވާ އަށް އަދުހަމް އިންކާރުކޮށްފައިވާތީ، މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި، އަދި ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށް ދެ ފަރާތަށްވެސް ފުރުޞަތު ދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ