ޕީޕީއެމްއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ރޭ ޓިވީއެމްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ އެޕާޓީއަށް ރައީސް ޔާމީނަށްފަހު ދެން އެންމެ ފުރަތަމަ ސޮއިކުރެއްވީ އިލްހާމްއާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުން ކަމަށެވެ.
މީގެ އިތުރުން އިލްހާމް ވިދާޅުވީ ނާޒުކު ދަނޑިވަޅުގައި އުނދަގޫ ނިންމުންތައް ނިންމަވަން ކެރޭ ލީޑަރަކަށް އަދި ފެނުނީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނަކީ އެފަދަ ނިންމުންތައް ނިންމަވަން "ޓަފް" ބޭފުޅެއް ކަމަށެވެ.
އަދި ޕީޕީއެމް ޕެރެލައިޒްކޮށްފައި މަގުމަތީގައި ނުބޭއްވޭނެކަމަށާއި އެކަން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޤަބޫލުފުޅު ނުކުރައްވާނަމަ ޖެހިވަޑައިގަންނަވާނީ ތާއީދުކުރައްވާ ރިޔާސީ ކެންޑިޑޭޓަކާއެކު ވަޑައިގަންނަވަން ކަމަށް އިލްހާމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ހިންގުން މިހާރު ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީންގެ އަތްޕުޅުގައި އޮތްއިރު، ޕާޓީގެ އާންމު މެމްބަރުން އަދިވެސް ތިބީ ޕާޓީއާއި އެކުގައި ކަމަށާއި ޕާޓީއަށް ލިބެންޖެހޭ ވޯޓެއް ގެއްލިގެންދާން އެއިން އެއްވެސް މެމްބަރަކު ނޭދޭއިރު، ރައީސް މައުމޫންގެ ސަބަބުން ވެސް އެގޮތްވާން މެމްބަރުން ނޭދޭ ކަމަށް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން މޮޅެތި ސްޓްރެޓަޖީތައް އެކުލަވާލާނެތީ، ލޯކަލް އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުވާނެ ކަމާމެދު ސުވާލެއް ނެތް ކަމަށެވެ.
ޕީޕީއެމްއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސް އަބްދުﷲ ޔާމީން - އިލްހާމް އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ