އިންތިޤާލީ ސަރުކާރަކީ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ޖައްސަވަން އުޅުއްވާ މަޅިއެއް ނުވަތަ ބޭނުންކުރައްވާ އުކުޅެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަޞީރު މިއަދު ވިދާޅުވީ "ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ޖައްސަވަން އުޅުއްވާ މަޅިއެއް ނުވަތަ ބޭނުންކުރައްވާ އުކުޅެއް ކަމަށާއި ކޮލެރާ އާއި ޝިގެއްލާގެ މެދުގައި ވަނީ ވަރަށް ކުޑަ ތަފާތެއް ކަމަށާއި ދެ ބައްޔަކީވެސް ވަރަށް ތަދުވާ ދެބަލި" ކަމަށެވެ. އިތުުރު ތަފްޞީލެއް ނުދެއްވައެވެ.
އުމަރު ނަޞީރު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ރައީސް ނަޝީދަށް ދުވަހަކުވެސް ތާއީދު ނުކުރައްވާނެ ކަމަށާއި އަދި އެމްޑީޕީ އާއި ވެސް ދުވަހަކުވެސް ގުޅިވަޑައި ނުގަންނަވާނެ ކަމަށެވެ.
2008 ވަނަ އަހަރުގެ އިންތިޚާބުގެ ފަހު ބުރުގައި ހުރިހައި އިދިކޮޅު ޕާޓީތަކުން އެމްޑީPީ އާއިއެކު ކޯލިޝަން ހެދިއިރުވެސް ޢުމަރު ނަޞީރު ވަނީ އެމްޑީޕީއާއި ގުޅިވަޑައިނުގެންފައެވެ.
އިންތިޤާލީ ސަރުކާރަކީ ވެރިކަމަށް އަންނަން ރައީސް ނަޝިދު ޖަހާ މަޅިއެއް: އުމަރު ނަޞީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ