2018 ގެ ރިޔާސީ އިންތިހާބަށް ވާދަކުރަން އުމަރު ނިންމައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު 2018ގެ ރިޔާސީ އިންތިހާބުގައި ބައިވވެރިވާނެކަމަށް ނިމްމައިފިއެވެ.
ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު އޭނާ ރިޔާސީ އިންތިހާބަކަށް ވާދަކުރާނީ 2023 ވިދާޅުވެފއިވާއިރު އޭނާ މިފަހރު  2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިމްމައިފިއެވެ. އަދި ޕުރައިމަރީއަކަށް ފުރުސަތު ހުޅުވާލައިފިނަމަ ވާދަކުރަން މަސައްކަތް ކުރާނީ ޕީޕީއެމް ތެރެއިންކަމަށް އިމަރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ތެރެއިން އިންތިހާބުގައި ވާދަކަރަން އުމަރު މަސައްކަތް ކުރަން ނިމްމަވައިފައިވާއިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޕުރައިމަރީއަކާއި ނުލައި ރައީސް އަބްދުﷲ ޔާމީންއަށް ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ