ސައިބަރ ކްރައިމްއާ ބެހޭގޮތުން އައްޑޫ ސިޓީގެ ސްކޫލް ދަރިވަރުންނަށް މައުލޫމާތުދީފި

އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސުކޫލާއި ހިތަދޫ ސުކޫލުގެ ދަރިވަރުންނަށް ސައިބަރ ކްރައިމްއާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މި އޭޕްރީލް މަހުގެ 24 އަދި 25 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލް އަދި ހިތަދޫ ސްކޫލުގައި ވަކިވަކިން ކުރިއަށްދިޔަ މި ކުލާހުގައި ސައިބަރ ކްރައިމްސްއަކީ ކޮބައިކަމާއި ސައިބަރ ބްލީންގއާއި ސޯޝަލް މީޑިއާގައި ސައިބަރ ބުލެކްމެއިލް އާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވައިވާކަމަށެވެ.
އަދި އެފަދަކަމެއް ދިމާވެއްޖެ ނަމަ އަމަލު ކުރާނޭ ގޮތާއި އެފަދަކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މި ކުލާހުގައި މަޢުލޫމާތުވެސް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ކުލާހުގައި ޝަރަފުއްދީން ސްކޫލާއި ހިތަދޫ ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ 185 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ކުލާހުގައި މަޢުލޫމާތު ދީފައިވަނީ ސައިބަރ ކްރައިމްސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ