ރައީސް ޔާމީން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ބައްދަލު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ކުރީގެ ރައީސް އަދި ޕީ.ޕީ.އެމް.ގެ މިހާރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ ބައްދަލު ކުރައްވައިފިއެވެ.މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މިބައްދަލުވުމުގައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދަވާ ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ބެހޭގޮތުންނާއި، ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިބައްދަލުވުމުގައި ޕީ.ޕީ.އެމް. ގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢު ތަކަށާއި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަން ބޭނުންވާ ޚިދްމަތްތަކެއް ފޯރުކޮށް ދެއްވުމުގައި ޕާޓީގެ ފަރާތުން ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް މިސަރުކާރަށް އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް އަރުވާފައި ވާކަމަށްވެސް ސަރުކާރުން ހާމަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ