އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓާ އައިޑީކާޑް ހެއްދޭ ގޮތް ހަދަނީ

އެބޭފުޅުން ވިދާޅުވީ އަތޮޅު ކައުންސިލްތަކުން މި ހިދުމަތްތައް ދޭން ފަށާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެއްފަހަރާ ހުރިހާ އަތޮޅެއްގައި ހިދުމަތް ފަށައި ނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
ހުރިހާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓާއި އައިޑީކާޑު ހެއްދޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓާއި އައިޑީކާޑު ހެއްދޭނެ އިންތިޒާމްތައް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ހަމަޖެއްސުމުގެ މަސައްކަތް ފެށީ މިހާރަށްވުރެ ފަސޭހައިން އެ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ މި ހިދުމަތްތައް ދިނުމަށް އަތޮޅު ކައުންސިލްތަކުގައި އޮފީސްތައް ގާއިމްކުރާނީ އިމިގްރޭޝަނުން ދޭ އެހެނިހެން ހިދުމަތްތައް ވެސް ލިބޭނެ ގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ވިސާގެ ހިދުމަތް ވެސް ހިމެނޭނެ ކަމަށެވެ.އޭނާ ވިދާޅުވީ މަހެއްގެ މައްޗަށް ޕާސްޕޯޓް ހައްދަން އަތޮޅުތަކުން ގާތްގަނޑަކަށް 1200 އެއްހާ މީހުން މާލެ އަންނަ ކަމަށެވެ. އެމީހުން އަތުންދާ ހަރަދަށް ބަލާއިރު، އޭގެ ސަބަބުން ޕާސްޕޯޓް ހައްދަންދާ ހަރަދަށްވުރެ ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ބޮޑުވާ ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންގެ ޖީބަށް ވެސް ލުއި ގޮތެއްކަން ފާހަގަކުރެއްވި އެވެ.ޑީއެންއާރްގެ ފަރާތުން އަހުމަދު އަލީ ވިދާޅުވީ އަތޮޅުތަކުގައި މި ހިދުމަތް ގާއިމް ކުރާއިރު އައިޑީކާޑް ޕްރިންޓް ކުރެވިގެންދާނީ ވެސް ކައުންސިލްގައި ކަމަށެވެ.އެބޭފުޅުން ވިދާޅުވީ އަތޮޅު ކައުންސިލްތަކުން މި ހިދުމަތްތައް ދޭން ފަށާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެއްފަހަރާ ހުރިހާ އަތޮޅެއްގައި ހިދުމަތް ފަށައި ނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.މިހާރު ވެސް ހުރިހާ ސިޓީއަކާއި ހއ. ދިއްދޫގައި ޕާސްޕޯޓްގެ ހިދުމަތް ލިބެ އެވެ. އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީކާޑް ހެއްދެ އެވެ. ނަމަވެސް ކާޑު ހައްދަން ފޮނުވަން ޖެހެނީ މާލެ އަށެވެ. އޭގެ ސަބަބުން ކާޑު ލިބެން ދުވަސް ނަގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ